Wednesday, 9 September 2026
Ads by

އަޒަރުބައިޖާނަށް ދަތުރުކުރާ ދިވެހިންނަށް މިއަދުން ފެށިގެން ވިސާއާ ނުލައި ދަތުރުކުރެވޭނެ

އަޒަރުބައިޖާނަށް ދަތުރުކުރާ ދިވެހިންނަށް މިއަދުން ފެށިގެން ވިސާއާ ނުލައި ދަތުރުކުރެވޭނެ

އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާ ބޯޓެއް ވެލާނާ އެއާޕޯޓުގައި.. ފޮޓޯ / އެމްއޭސީއެލް

އަޒަރުބައިޖާނަށް ދަތުރުކުރާ ދިވެހިންނަށް މިއަދުން ފެށިގެން ވިސާއާ ނުލައި އެ ޤައުމަށް އެތެރެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހާމަކޮށްފިއެވެ.

Ad Image
Ads by

ފޮރިން މިނިސްޓަރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، 24 ސެޕްޓެމްބަރ 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، އޯރޑިނަރީ ޕާސްޕޯޓް ގެންގުޅޭ ދިވެހިންނަށް އެއްވެސް ވިސާއަކާ ނުލައި 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި މަޑުކުރެވޭނެއެވެ.

މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުތަކުގައި ވެސް ވިސާއާ ނުލައި އެ ޤައުމަށް ދަތުރުކުރެވޭ ގޮތަށް ދެ ޤައުމުގެ ދެމެދުގައި ވަނީ ކުރިން އެއްބަސްވެފައެވެ. ނަމަވެސް، ފޮރިން މިނިސްޓަރީން އިލްތިމާސްކުރައްވާ ގޮތުގައި، އަޒަރުބައިޖާންގައި ދިގު މުއްދަތަކަށް ތިބުމަށް ގަސްދުކުރާ ފަރާތްތަކާއި، ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރުމަށް އެ ޤައުމަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ޚާއްޞަ ވިސާ ހޯދަންޖެހޭނެއެވެ.

މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދިވެހިންނަށް ދުނިޔޭގެ އެކި ޤައުމުތަކަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފޮރިން މިނިސްޓަރީން ސިފަކުރެއެވެ. މި ފުރުޞަތުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދަތުރުފަތުރުގެ ދާއިރާއިން ބޮޑެތި ލުއިތަކެއް ދިވެހި ރައްޔިތުންނަށް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި