Saturday, 24 October 2026
Ads by

ކަންކަން ހާމަކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރި އަދަދު ނޫހުގެ ހަސަނު ތަހުގީގުގައި ހުރީ ”ހަނު“

ކަންކަން ހާމަކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރި އަދަދު ނޫހުގެ ހަސަނު ތަހުގީގުގައި ހުރީ ”ހަނު“

ގަޒްފު ޑޮކިޔުމެންޓްރީ މައްސަލައިގަ ހަސަނު ފުލުހަށް ހާޒިރުކުރުން.. ފޮޓޯއަށް ދެއްކީ ކޫލްކޮށް، ތަހުގީގަށް ވަދެފައި ހުރީ "ހަނު"

ހުސްވި މާރިޗު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގަޒްފުކޮށް ”އާއިޝާ“ ގެ ނަމުގައި ”އަދަދު“ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގަށް އެ ނޫހުގެ ނޫސްވެރިޔާ ހަސަން މުހައްމަދު މިއަދު ހާޒިރުކުރުމުން، އޭނާ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފިއެވެ.

Ad Image
Ads by

”އައިޝާ“ ގެ ނަމުގައި އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއެއްގައި އެއްވެސް ހެއްކެއްނެތި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް އަންހެނަކު ދެއްކި ވާހަކައަކަށް އޭއައިބޭނުން ކޮށްގެން ވީޑިއޯ އުފައްދާ އެކަމަށް އަމިއްލައަށް އިއުތިރާފްވުމުން މި މައްސަލަ ތަހުގީގު ކުރަން ފަށާ މިއަދުގެ ހެނދުނު 08:30 އަށް އެނޫހުގެ ނޫސްވެރިޔާ ހަސަން ފުލުހުންގެ ސާޖަންޓު އާދަމް ހަލީމް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވީ އޭނާގެ ވަކީލު ސައްޔާހާ އެކުގައެވެ.

ފުލުހުންގެ ތަހުގީގަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަކީލު ސައްޔާހު ވިދާޅުވީ، މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި، އެކަން އެހެން އޮތުމުން ހަސަންގެ ފަރާތުން ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށެވެ.

އަދަދު ނޫހަކީ އެންމެ ބޮޑަށް ކަންކަން ހާމަކުރަން ވަކާލާތުކުރާ ނޫހަށްވީއިރު، މި ތަހުގީގުގައި މިކަމާ ގުޅިގެން ވާހަކަ ނުދައްކާ ހަނު ހުރުމުން މިއީ ދޮގު ޑޮކިޔުމެންޓްރީއެއް ކަމަށް ބުނުމަށް ބާރުލިބެއެވެ.

”މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ތުހުމަތު ކުރަނީ ރައީސް ޑރ. މުޢިއްޒަށް ގަޒްފުކޮށް ’އާއިޝާ‘ ކިޔާ ޑޮކިއުމެންޓްރީއެއް އެކްސްގައި ޝާއިއުކޮށްފައިވާ މައްސަލާގައި ހަސަންގެ ބައިވެރިވުން އޮތް ކަމަށް. ނަމަވެސް ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަދި އެ ފާޅުކުރާ ޚިޔާލުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް،“ ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން ވަކީލު ވަނީ ހެކިނެތި ރައީސަށް ގަޒްފުކުރި މައްސަލަ ތަހުގީގު ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ފުލުހުންގެ ތަހުގީގުގައި ހަނު ހުރުމަށްފަހު ނުކުމެ ދިން އިންޓަވިއުއެއްގައި ނޫސްވެރިޔާ ހަސަން ބުނީ، އެމީހުން ކުރީ ނޫސްވެރިކަން ކަމަށާއި، ނޫސްވެރިކަން ރެގިއުލޭޓްކޮށް އެފަދަ މައްސަލަތައް ބަލަން ވަކި ކޮމިޝަނެއް މި ސަރުކާރުން ހަދާފައި އޮތްއިރު، ފުލުހުން މި ތަހުގީގު ކުރިއަށް ގެންދަނީ އެ ކޮމިޝަންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ، 2024 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގަޒްފުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯ ރިޕޯޓެއް ޝާއިއުކުރުމުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ހަލުވިކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ހަސަންގެ އިތުރުން ޝަހުޒާންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައިގައި މިއަދު މެންދުރު 02:30 އަށް ފިޔާޒު ވެސް ފުލުހަށް ހާޒިރުކުރަން ނިންމާފައިވާއިރު، ޕާސްޕޯޓު ހިފަހައްޓާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ވެސް ފުލުހުން ވަނީ ޗިޓު ފޮނުވާފައެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ، އަދަދުނޫހުން އެކަމަށް އިއުތިރާފްވެ ތަހުގީގު ނުކޮށްގެން ކަންބޮޑުވުން ފާޅުކޮށް ރައީސްއަށް ސުވާލު އަމާޒުކުރުމުން، ޑޮކިއުމެންޓްރީގައި ހުރި ތުހުމަތުތައް ރައީސް މުޢިއްޒު ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީގައި ވަނީ ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި، އެމަނިކުފާނުގެ އަބުރު ކަތިލުމަށް މަސައްކަތްކޮށްފައެވެ. އެ ޑޮކިއުމެންޓްރީގައި ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވި ”އައިޝާ“ ވަނީ އޭނާއަކީ ޒިނޭކުރާ މީހެއް ކަމަށް އިއުތިރާފްވެ އެކަމުގައި އޭނާއަށް އާންމުންގެ ސަޕޯޓު ބޭނުންވާކަމަށް ބުނެފައެވެ.

މި ޑޮކިއުމެންޓްރީއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަދަދު ނޫހަށާއި އެ ނޫހުގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. އަދި ހެކި ނެތި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ތުހުމަތެއްކޮށް އަބުރު ކަތިލުމަކީ ނޫސްވެރިކަން ނޫންކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މި ކަމާއި ގުޅިގެން އަދަދު ނޫހަށާއި އެ ނޫހުގެ އިސްވެރިންގެ އިތުރުން އެ ނޫހަށް އިންޓަރވިއު ދިން ”އައިޝާ“ އަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި