Wednesday, 9 September 2026
Ads by

ޤާނޫނުތަކާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީއާއި ޕީއެންއެފަށް އީސީން އިލްތިމާސްކޮށްފި

ޤާނޫނުތަކާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީއާއި ޕީއެންއެފަށް އީސީން އިލްތިމާސްކޮށްފި

ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ކުރިއަށް ގެންދާ ހަރަކާތްތަކަކީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ހަރަކާތްތަކަކަށް ހެދުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެ ސިޔާސީ ޕާޓީއަކަށް ރަސްމީކޮށް ސިޓީ ފޮނުވައިފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުން މިކަމާ ގުޅިގެން ސިޓީ ފޮނުވާފައިވަނީ އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށާއި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށެވެ.

ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ ޕާޓީން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދެއްކުމާއި، އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް އަދި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުތައް ބަހައްޓަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ހުރިހާ ހަރަކާތްތަކެއްވެސް ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

28 އޭޕްރިލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން ފޮނުވި މި ސިޓީގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ބާއްވަންވާނީ ”ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު“ ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި މިދުވަސްވަރު ބާއްވާ އެއްވުންތަކުގައި އެ ޤާނޫނަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ސިޔާސީ ސުލޫކީ މިންގަނޑާ ހިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޤާނޫނީ ގޮތުން ހުއްދަ ދެވިފައިވާ ދާއިރާތަކުން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ޕާޓީގެ ބައްދަލުވުންތައް ނުބޭއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ޤާނޫނީ ހުދޫދުގެ ތެރެއިން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ ކޮންމެ ސިޔާސީ ހަރަކާތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި