Wednesday, 9 September 2026
Ads by

މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާ ނޫސްވެރިންގެ މައްސަލަ ބަލަންޖެހޭ: ޚަލީލް

މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާ ނޫސްވެރިންގެ މައްސަލަ ބަލަންޖެހޭ: ޚަލީލް

ކުރީގެ ފޮރިންގ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް---

ދޮގު އިލްޒާމު އަޅުވައި، މުޖުތަމައުގެ ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދާ ނޫސްވެރިންގެ މައްސަލަ ބަލަންޖެހޭނެ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޚަލީލް މި މޭރުމުން ވިދާޅުވީ، ”އަދަދު“ ނޫހުން ”އައިޝާ“ ގެ ނަމުގައި ޝާއިއުކުރި ޑޮކިއުމެންޓްރީއާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމައު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބަލަންޖެހޭނެކަން ފާހަގަކުރައްވަމުން ޚަލީލް ވިދާޅުވީ، މިފަދަ ނޫސްވެރިންގެ ސަބަބުން މުޖުތަމައުގައި އޮންނަންޖެހޭ އަދަބު އަހުލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށެވެ.

އަދިހަމައެހެންމެ މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް ހުތުރު އަދި ނޭދެވޭ ބަސްތައް އަމާޒުވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބެއްކަމަށް އޭނާ ގަބޫލުކުރައްވަނީ ރާއްޖޭގައި ނޫސްވެރިއަކަށްވުމަށް އެއްވެސް މިންގަނޑެއް ނުވަތަ ޝަރުތެއް ކަނޑައެޅިފައި ނެތުމުންނެވެ.

”އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ ރާއްޖޭގައި ނޫސްވެރިއަކަށްވުމަށް އެއްވެސް މިންގަނޑެއް ޝަރުތެއް އަދި ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ނެތުމުގެ ސަބަބުން، ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެ އުޅޭއިރު އެ ބާރުގެ ވަޒީފާގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނު ލިބިފައިވާ ކަނޑައެޅޭ ޝަރުތުތަކެއް ފުރިހަމަވާ ހުނަރުވެރިން،“ – ޚަލީލް ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ، ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއި ފޭރާމުގެ މުހިންމު ގުނަވަނެއް ކަމަށްވާއިރު ނޫސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި