Sunday, 26 July 2026
Ads by

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ޑރ. ޢަލީ އަޒްވަރު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ޑރ. ޢަލީ އަޒްވަރު

ޑރ. ޢަލީ އަޒްވަރު---

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އައްޔަންކުރައްވައިފިއެވެ.

Ad Image
Ads by

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މީސް މީޑިއާ މިއަދު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑރ. އަޒްވަރު އައްޔަންކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެމްޑީގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޑރ. އަޒްވަރު ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމު ހުސްވުމާ ގުޅިގެން އެ ކުންފުނި ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ވެސް އެ ބޭފުޅާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑރ. އަޒްވަރު ވަނީ މީގެ ކުރިން ސްޓެލްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ. އެހެންކަމުން އޭނާއަކީ އެ ކުންފުނި ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ޙުސައިން ފަހުމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން އެ ކުންފުނީގެ އެމްޑީގެ މަގާމު މިހާތަނަށް ވެސް އޮޮތީ ހުސްކޮށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި