Wednesday, 9 September 2026
Ads by

އަބުރު ކަތިލައި ޤަޒުފުކުރުމަކީ ޤުރްއާނާއި ސުންނަތުގައި ނަހީކުރައްވައިފައިވާ އަމަލެއް: ޝަހީމް

އަބުރު ކަތިލައި ޤަޒުފުކުރުމަކީ ޤުރްއާނާއި ސުންނަތުގައި ނަހީކުރައްވައިފައިވާ އަމަލެއް: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު---

މީހުންގެ އަބުރު ކަތިލައި ގަޒުފުކުރުމަކީ ކީރިތި ޤުރްއާނާއި ނަބިއްޔާގެ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ސުންނަތުގައި ނަހީކުރައްވާފައިވާ އަމަލުތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ ”އަދަދު“ ނޫހުން ”އައިޝާގެ“ ނަމުގައި ނެރުނު ޑޮކިއުމެންޓްރީއަކާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، އިންސާނަކަށް ލިބިގެންވާ އެންމެ މަތިވެރި ޝަރަފަކީ އޭނާގެ އަބުރާއި ކަރާމަތުގެ ޝަރަފް ކަމަށެވެ. ކަން މިހެން އޮތުމުން އަބުރު ހިމާޔަތްކުރުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި ފަސް މަގުސަދުގެ ތެރޭގައި ލައްވާފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ކަށަވަރުކޮށްދީފައިވާ ކަމަށާއި ނޫސްވެރިންނަށް ވެސް ފުރިހަމައަށް އެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް ރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމަކަށްވާނެ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން މިހާ ފުޅާ ދާއިރާއެއްގައި ހުޅުވާލެވިފައިވާއިރު އެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަން ނައްތާލުމުގައި ނޫސްވެރިކަމަކީ ރާއްޖޭގައި މުހިންމު ދައުރެއް އަދާކުރާކަމެއް ކަމަށެވެ. މި ސަބަބުތަކަށްޓަކައި ނޫސްވެރިކަމަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި އަގުވަޒަންކުރެވޭ ކަމެއް ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

”ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ގާނޫނުއަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި އިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ބުލީކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެނަމަ މުޖުތަމައު ހަލާކުވެގެން ހިނގައިދާނެ، ނަޒާހަތްތެރި ނޫސްވެރިކަމަކީ މުޖުތަމައު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ ވަރުގަދަ ނިޒާމެއް، ނޫސްވެރިކަން ހެޔޮގޮތުގައި ދަމަހައްޓަން މަސައްކަތްކުރަންޖެހޭނެ،“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއް ކަމަށާއި އެކަމުގެ އެންމެ ސާފު ދަލީލަކީ ރައީސް އަމިއްލަފުޅަށް ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މައުލޫމާތު ހާމަކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ހިތާމައާއެކު ދަންނަވަންޖެހެނީ، މިއަދު ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ބޭފުޅުންނާއި އާއިލާއަށާއި ވަޒީރުންނާއި އާއިލާތަކަށް ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ފުރައްސާރަކުރަމުން ގެންދަނީ މީގެ ކުރިން ރާއްޖޭގައި މިފަދަ ކަންކަން ކުރިމަތިވެފައި ނުވާ މިންވަރަށްކަން، އަޅުގަނޑު ގަބޫލުކުރާގޮތުގައި އިންސާފަށް ލޯބިކުރާ އެއްވެސް ރައްޔިތަކު މިކަންކަން ބަލައި ނުގަންނާނެ، ކަންކަމަށް ފާޑުކިއުމަކީ މައްސަލައެއްނޫން ނަމަވެސް ޒާތީގޮތުން ދިމާކުރުމަކީ ނޭދެވޭ އަމަލެއް،“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމްގެ ވާހަކަކޮޅު ނިންމަވާލައްވާފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ގާނޫނުގެ ހުދޫދުގެ ތެރޭގައި ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި