Wednesday, 9 September 2026
Ads by

ހައްދެއް ނެތް މިނިވަންކަމުން ފެންނާނީ ހައިޖާނާއި، އަނިޔާވެރިކަމާއި، ބޭއިންސާފުން ފުރިގެންވާ ދުނިޔެއެއް: ދިޔާނާ

ހައްދެއް ނެތް މިނިވަންކަމުން ފެންނާނީ ހައިޖާނާއި، އަނިޔާވެރިކަމާއި، ބޭއިންސާފުން ފުރިގެންވާ ދުނިޔެއެއް: ދިޔާނާ

އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ އިމަކީ ކޮބައިކަމާ މެދު ކުރީގެ ބަންޑާރަ ނައިބު އަދި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖު އަލްއުސްތާޛާ ދިޔާނާ ސައީދާއި، ގާނޫނީ ދާއިރާގެ ދަރިވަރު އަދި ވިސުލްބްލޯވަރ ނުހާގެ މެދުގައި ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

Ad Image
Ads by

މި ބަހުސް ފެށިގެން އައީ މިނިވަންކަމުގެ ހުދޫދުތަކާ ގުޅޭގޮތުން ދިޔާނާ ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ދިޔާނާ ވިދާޅުވީ، ”ހައްދެއް ނެތް މިނިވަންކަމެއް ދައްކައިފި ނަމަ، އޭގެ ބަދަލުގައި ފެންނާނީ ހައިޖާނާއި، އަނިޔާވެރިކަމާއި، ބޭއިންސާފުން ފުރިގެންވާ ދުނިޔެއެއް“ ކަމަށެވެ.

ދިޔާނާގެ މި ވާހަކަފުޅާ ގުޅިގެން ގާނޫނީ ދަރިވަރު ނުހާ ވަނީ ސުވާލު އުފައްދާފައެވެ. ނުހާ ސުވާލު ކުރީ ދިޔާނާގެ މި ވާހަކަފުޅަކީ ދާދި ފަހުން ”އަދަދު“ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ދެއްކެވި ވާހަކަފުޅެއްތޯއެވެ. ނުހާ ބުނި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ހުދޫދުތަކެއް އޮންނަންޖެހޭ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ، އެ މިނިވަންކަން ބޭނުންކުރުމުގައި އޮންނަންޖެހޭ އުސޫލެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.

ނުހާގެ މި ސުވާލުތަކަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، ދެ މީހުން މިވަގުތު ތިބީ މުޅިން ތަފާތު ދެ މައުޟޫއެއްގެ ތެރޭގައި ކަމަށެވެ. ދިޔާނާ ސާފުކޮށްދެއްވި ގޮތުގައި، އޭނާގެ ވާހަކަފުޅަކީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އަމިއްލަ ފުރާނަ ދުއްވާލުމުގެ މިނިވަންކަން ނުވަތަ ހައްގާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ބަހުސަށް އަމާޒުކޮށް ދެއްކެވި ވާހަކައެކެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ، އަމިއްލަ ފުރާނަ ދުއްވާލަން ބޭނުންވާ މިންވަރަށް އިންސާނަކު ތަހައްމަލު ކުރަންޖެހޭ ތަދާއި ވޭނާ މެދު އޭނާގެ ހިތުގައި ހަމްދަރުދީ އޮތް ނަމަވެސް، އަބަދުވެސް އޭނާ ބުރަވަނީ ދިރިހުރުމުގެ މާތްކަމާއި މުގައްދަސްކަމުގެ (Sanctity of life) މައްޗަށް ކަމަށެވެ.

މި ބަހުސަަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކުވެސް ވެދެވަޑައިގެންނެވިއެވެ. ނިހާން ވިދާޅުވީ، ހައްދެއް ނެތް މިނިވަންކަމަކީ އޭގެ ޒާތުގައި އެ މިނިވަންކަން އަމިއްލައަށް ނެތިކޮށްލާނެ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން މަޝްހޫރު ފަލްސަފާވެރިންގެ ބަސްތަކަށް ރިއާޔަތްކުރައްވަމުން ނިހާން ފާހަގަކުރެއްވި ގޮތުގައި، ޖޯން ސްޓޫއާޓް މިލް ބަޔާންކޮށްފައިވާ ފަދައިން މިނިވަންކަމަކީ އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރަންޖެހޭ އެއްޗެކެވެ. އެހެން ނޫންނަމަ، އޭގެ ސަބަބުން އަދުލުވެރިކަން ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ، ހުދޫދުތަކެއް ނެތިއްޖެނަމަ، ތޯމަސް ހޮބްސް އިންޒާރު ދެއްވާފައިވާ ފަދަ ހަމަޖެހުން ނެތް، ކޯޅުންތަކުން ފުރިގެންވާ ހާލަތަކަށް ކަންކަން ހިނގައިދާނެ ކަމަށެވެ. ހަގީގީ މިނިވަންކަމަކީ ގާނޫނާއި، ހަމަހަމަކަމާއި އަދި ޒިންމާދާރުވުމުގެ ތެރެއިން ދެމިއޮންނަ އެއްޗެއް ކަމަށާއި، އޭގެ ސަބަބުން ވަކިވަކި ފަރުދުންގެ ހައްގުތަކާއި މުޅި މުޖުތަމައުގެ މަސްލަހަތު ރައްކާތެރިކޮށްދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތުގައިވެސް އިންސާނާގެ ދިރިހުރުމުގެ ހައްގަކީ އެންމެ މަތީ ދަރަޖައެއް ދެވިފައިވާ ހައްގަކަށް ވާއިރު، މި މައުޟޫއަކީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ފަލްސަފީ އަދި ގާނޫނީ ގޮތުން ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ މައުޟޫއެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި