Wednesday, 9 September 2026
Ads by

އާރުޓިއެލްގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅަކަށް ކުރިއަށް އޮތް 4 މަސް ތެރޭ ޚިދުމަތް ދޭން ފަށަނީ

އާރުޓިއެލްގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅަކަށް ކުރިއަށް އޮތް 4 މަސް ތެރޭ ޚިދުމަތް ދޭން ފަށަނީ

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް“ ނުވަތަ އާރުޓިއެލް (RTL) ގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅުތަކަށް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އެ ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާރުޓިއެލް ޚިދުމަތުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި އަދި މުހިއްމު ޚިދުމަތެކެވެ. މިހާރު މި ޚިދުމަތް ނުފެށި ބާކީ އޮތީ ގާތްގަނޑަކަށް ހަތަރު އަތޮޅެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ދެއްކުމުގައި ދިމާވާ ލަސްތައްކަން ރައީސް ފާހަގަކުރެއްވިއެވެ. ކުންފުނިތަކާ މަސައްކަތް ހަވާލުކޮށްގެން ކުރިއަށްދާއިރު، މަސައްކަތްތައް ހަލުވި މިނެއްގައި ނިންމާލުމަށްޓަކައި ގަޑިއަށް ފައިސާ ދެއްކުމަކީ މުހިއްމު ކަމެއް ނަމަވެސް، މިހާތަނަށް އެކަމުގައި ދަތިތަކެއް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ލޯކަލް ވެންޑަރުންނަށް މިހާތަނަށްވެސް ބިލިއަނުން ފައިސާ ދައްކައިފީމެވެ. ނަމަވެސް، އެންމެ އެދެވޭ ގޮތުގައި ގަޑިއަށް ފައިސާ ނުދެއްކޭ މައްސަލަ އެބައޮތެވެ. ގަޑިއަށް ފައިސާ ދެއްކޭނަމަ މިއަށްވުރެ މާ އަވަހަށްވެސް މި މަސައްކަތް ނިމުނީހެވެ،“ ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުން، އިތުރު ހުރަހެއް ކުރިމަތިނުވެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް ޖުލައި ނުވަތަ އޯގަސްޓް މަހާ ހިސާބަށް ދާއިރު ބާކީ ހުރި ހުރިހާ އަތޮޅަކަށް އާރުޓިއެލްގެ ޚިދުމަތް ފުޅާކޮށް ނިންމާލުން ކަމަށެވެ.

މީގެ އިތުރުން، މިހާރު ޚިދުމަތް ފަށާފައިވާ އަތޮޅުތަކުގައި ދިމާވާ ޓެކްނިކަލް މައްސަލަތަކާއި އުޅަނދުތައް ހަލާކުވުން ފަދަ ކަންކަމަށް ހައްލެއް ހޯދުމަށްޓަކައި، ”ސްޕެއާ ވެސަލް“ ނުވަތަ ބަދަލުގައި ބޭނުންކުރާނެ އިތުރު އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ހުރިހާ އަތޮޅެއް އެއް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި