Sunday, 26 July 2026
Ads by

އާދަމް ޝަރީފް، ޠާރިޤް، ދިޔާނާ އައްޔަންކުރެއްވީ ސަފީރު ކަމަށް، އެއީ އާ މަގާމެއް ނޫން: ރައީސް

އާދަމް ޝަރީފް، ޠާރިޤް، ދިޔާނާ އައްޔަންކުރެއްވީ ސަފީރު ކަމަށް، އެއީ އާ މަގާމެއް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފޮރިންގ މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި 3 ބޭފުޅުން ކަމަށްވާ އާދަމް ޝަރީފް ޢުމަރާއި، ޠާރިޤް އިބްރާހިމްގެ އިތުރުން ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރެއްވީ އެ މިނިސްޓްރީގެ ހުސްވެފައިވާ މަގާމުތަކަށް ކަމަށާއި، އެއީ އަލަށް އުފެއްދި މަގާމުތަކެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހާއްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ފޮރިންގ މިނިސްޓްރީގެ މަގާމުތަކަކަށް އެ ބޭފުޅުން އައްޔަންކުރައްވަން އާ މަގާމުތަކެއް އުފައްދަވާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ 3 ބޭފުޅުން ސަފީރު ކަމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އިދާރީ ގޮތުން ހަމަޖެހެންޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން، އެކަންކަން ނިމެންދެން އެ 3 ބޭފުޅުން ވަގުތީ ގޮތުން އެމްބެސެޑަރ އެޓް ލާޖުގެ މަގާމުގައި ތިއްބަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ މީގެ ކުރިން ވެސް މިފަދަ ކަންކަމުގައި އަމަލު ކުރަމުން އައިސްފައިވާ އުސޫލު ކަމަށެވެ.

މި ވަގުތު ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންގެ މަގާމުތައް ވަނީ ހުސްވެފައެވެ. އެގޮތުން ޔޫއޭއީ، އިނގިރޭސިވިލާތް އަދި ބެލްޖިއަމްގެ ސަފީރުކަމުގެ މަގާމު ހިމެނެއެވެ. މި 3 ބޭފުޅުން އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވީ، ހުސްވެފައިވާ މަގާމުތަކަށް އައްޔަންކުރެއްވުމުގެ މަރުހަލާގެ ތެރެއިންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި 3 ބޭފުޅުންގެ ތެރެއިން އާދަމް ޝަރީފް ޢުމަރާއި ޠާރިޤް އިބްރާހިމަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 2 ބޭފުޅުންނެވެ. އެގޮތުން މި ސަރުކާރުން އަލަށް އުފެއްދި ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަން އާދަމް ޝަރީފް ޢުމަރު ކުރައްވާފައިވާއިރު، ޠާރިޤް އިބްރާހިމް ވަނީ އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ މިނިސްޓަރުކަން ކުރައްވައިފައެވެ.

ނަމަވެސް މި މަހުގެ 14 ވަނަ ދުވަހު މި 2 ބޭފުޅުންވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި