Wednesday, 9 September 2026
Ads by

ސްޓޭޓް ފާރމާއެކު ބޭސް ލިބުމުގެ ދަތިތަކަށް ދާއިމީ ހައްލެއް އަންނާނެ: ރައީސް

ސްޓޭޓް ފާރމާއެކު ބޭސް ލިބުމުގެ ދަތިތަކަށް ދާއިމީ ހައްލެއް އަންނާނެ: ރައީސް

ރާއްޖޭގައި ބޭސް ލިބުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަލަށް އުފެއްދި ”ސްޓޭޓް ފާރމާ“ ކުންފުންޏާއެކު، ބޭހުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ކުންފުންޏަކީ ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން 100 އިންސައްތަ އެކަމަށް ފޯކަސްކޮށްގެން އުފެއްދި ކުންފުންޏެއް ކަމަށެވެ.

ރައީސް ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސްޓޭޓް ފާރމާ އިން މިހާރުވެސް ދަނީ ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން ބޭސް ރައްކާކުރާނެ ގުދަންތައް ހެދުމާއި، ބޭސް ގެނައުމުގެ ނިޒާމު ހަރުދަނާކުރުމާއި، ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިހާތަނަށް އެސްޓީއޯ އިން ކުރަމުންދިޔަ ބޭހުގެ ވިޔަފާރި، މަޑުމަޑުން ސްޓޭޓް ފާރމާއަށް ބަދަލުކުރަމުންދާ ކަމަށާއި، މީގެ ސަބަބުން މި ޚިދުމަތް ކުރިއަށްވުރެ ވަރުގަދަވެ، ދެމެހެއްޓެނިވި ގޮތަކަށް ބޭސް ލިބޭނެ މަގު ފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚާއްޞަގޮތެއްގައި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތައް، އެމަނިކުފާނު ރައްޔިތުންގާތަށް ”ދޮރުން ދޮރަށް“ ހަރަކާތުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ. މި މައްސަލައަށް ރަނގަޅު ހައްލެއް ސްޓޭޓް ފާރމާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ވެންޑަރުންނަށް ފައިސާ ދައްކާއިރު އެންމެ ބޮޑު އިންސައްތައެއް ހޭދަވަނީވެސް ފާރމަސީތަކުގެ ޕޭމަންޓްތަކަށް ކަމަށްވާއިރު، މިއީވެސް ބޭސްފަރުވާގެ މައްސަލަ ހަރުދަނާ ކުރުމުގެ ތެރޭގައިހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސްޓޭޓް ފާރމާގެ މަސައްކަތްތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ދާދިފަހުން ވިދާޅުވީ،  ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ޑިޖިޓަލް ޕޯޓަލްއެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ”އީ-ފާސް“ މެދުވެރިކޮށް ބޭނުންކުރެވޭ މި ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެ ކަމަށްވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ބަލިމީހުންނަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން ނަންބަރު 1505 ވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ. މި ހޮޓްލައިންގެ މައިގަނޑު މަގްސަދަކީ މުހިންމު ބޭސްތައް ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް ޝާހު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ސްޓޭޓް ފާމާގެ މި ޚިދުމަތްތަކާއެކު ރާއްޖޭގެ އެއްވެސް ހިސާބަކުން ބޭހުގެ ދަތިކަން ނުފެންނާނެ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި