Sunday, 25 October 2026
Ads by

އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް އާދަމް ޝަރީފް، ޠާރިޤް އަދި ދިޔާނާ

އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް އާދަމް ޝަރީފް، ޠާރިޤް އަދި ދިޔާނާ

އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެވުނު 3 ބޭފުޅުން---

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް މި ސަރުކާރުގެ ފުރަތަމަ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް ޢުމަރާއި، ޠާރިޤް އިބްރާހިމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރައްވައިފިއެވެ.

Ad Image
Ads by

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް މި 3 ބޭފުޅުން އައްޔަންކުރައްވާފައިވާއިރު، ބޭރުގެ ބައެއް ސަފީރުންގެ މަގާމު މި ވަގުތު ވަނީ ހުސްވެފައެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ސަފީރުގެ މަގާމާއި، އިނގިރޭސި ވިލާތުގެ ސަފީރުގެ މަގާމުގެ އިތުރުން ބެލްޖިއަމްގެ ސަފީރުގެ މަަގާމު ހިމެނެއެވެ. މި 3 ބޭފުޅުން ވެސް މަގާމުތަކަށް އައްޔަންކުރެއްވުމާއެކު މިހާރު ވަނީ ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި 3 ބޭފުޅުންގެ މަގާމު ހަމަޖައްސަވާފައިވަނީ ތަފާތު ތިން ދުވަހެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި އާދަމް ޝަރީފް ވަނީ ސިޓީސް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ޠާރިޤް ވަނީ ޓޫރިޒަމް، އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ. ނަމަވެސް މި މަހުގެ 14 ވަނަ ދުވަހު ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު އޭގެ ތެރޭގައި އެ 2 ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.

އެ ބޭފުޅުން މަގާމުން އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމަށްޓަކައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި