Wednesday, 9 September 2026
Ads by

ޝުޖާއު ނަޝީދަށް: އެމްޑީޕީ ވެރިކަމުގައި ދައުލަތް ދަރުވާލާ، ސިއްރުސިޓީ އަށް ކަނޑުން ބައެއް ވިއްކާލިއިރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ؟

ޝުޖާއު ނަޝީދަށް: އެމްޑީޕީ ވެރިކަމުގައި ދައުލަތް ދަރުވާލާ، ސިއްރުސިޓީ އަށް ކަނޑުން ބައެއް ވިއްކާލިއިރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ؟

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު---

ރައީސް ސޯލިހްގެ ވެރިކަމުގައި ދިވެހި ދައުލަތް އޮތީ, މީގެ ކުރިން ރާއްޖެ ނުދަރާ ވަރަށް ދަރުވާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމުން ފައިބާވަޑައިގަތީ ރާއްޖޭގެ ތާރީހުގައި ދިވެހި ދައުލަތް ނުދަރާވަރަށް ދަރުވާލައި، ރާއްޖޭގެ ކަނޑުގެ ބައެއް ސިއްރު ސިޓީފުޅަކުން ދޫކޮށްލައްވާފައި ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވަނީ ކުރީގެ ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރާއްޖޭގެ މަގުތަކުގައި ބޮންގޮވައި، ތިމާގެ އަމިއްލަ ޕާޓީ އަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ވިދާޅުވެ، ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެން އެހެން ސިޔާސީ ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތްޕުޅު އެ ޕާޓީގެ ތެރެއިން ނަޝީދު ފެއްޓެވިކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

މި ހުރިހާ ކަމެއް ހިނގައި ދިޔަ ދުވަސްވަރު، ރައީސް ނަޝީދާއެކު މަސައްކަތްޕުޅު ކުރެއްވި ހުރިހާ މެމްބަރުން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގައިކަން ފާހަގަކުރައްވަމުން ޝުޖާއު ވަނީ، ގައުމަށް ހެޔޮއެދިވަޑައިގެން ނަޝީދާއި ނަޝީދާއެކު މަސައްކަތް ކުރެއްވި މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން އެދުވަސްވަރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން ނަޝީދު ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މި ސަރުކާރުގެ އިތުރުން ޕީއެންސީއާއި ގުޅޭގޮތުން އެތަކެއް ދޮގު ވާހަކަތަކެއްދައްކަވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަކީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްކަމަށްވާނަމަ މިހާރުން މިހާރަށް އިސްތިއުފާދެއްވަންޖެހޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި