Sunday, 26 July 2026
Ads by

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ދިން ބަޑީގެ ހަމަލާގައި ޓްރަމްޕް އަށް ގެއްލުމެއް ނުވޭ

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ދިން ބަޑީގެ ހަމަލާގައި ޓްރަމްޕް އަށް ގެއްލުމެއް ނުވޭ

ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް; ފޮޓޯ/ އަލްޖަޒީރާ

ވޮޝިންގޓަން: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕް އަދި ކެބިނެޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ”ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ“ ކުރިއަށް ދަނިކޮށް ދިން ބަޑީގެ ހަމަލާގައި ރައީސް ޓްރަމްޕަށާއި އެމަނިކުފާނުގެ އަރިސް އެއްވެސް ބޭފުޅަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް ޓްރަމްޕްގެ ސެކިޔުރިޓީ ޓީމުން ބުނެފިއެވެ.

Ad Image
Ads by

މި ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، ގިނަ އަދަދެއްގެ ހަތިޔާރާއެކު ހުރި މީހަކު ސެކިއުރިޓީ ޗެކްޕޮއިންޓަށް ހަމަލާދީ ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް ސީކްރެޓް ސާވިސްގެ އޮފިސަރުން ވަނީ ވަގުތުން އެމީހާ ހުއްޓުވާފައި ކަމަށެވެ. ޓްރަމްޕް ވަނީ އެ މީހާއަކީ ”ވަރަށް ބަލި މީހެއް“ ކަމަށާއި އެމެރިކާގެ ގާނޫނުއަސާސީއަށް ހަމަލާދިން ”މުޖުރިމެއް“ ގެ ގޮތުގައި ސިފަކޮށްފައެވެ.

މި ހަމަލާގައި ސީކްރެޓް ސާވިސްގެ އޮފިސަރެއްގެ ގަޔަށް ބަޑިޖަހާފައިވީ ނަމަވެސް، އޭނާ ލައިގެން ހުރި ބުލެޓްޕްރޫފް ވެސްޓުގެ ސަބަބުން ފުރާނަ ސަލާމަތްވެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ރައީސް ވިދާޅުވިއެވެ. ”މިއީ ފާއިތުވި ދެތިން އަހަރު ތެރޭގައި ގާތިލަކު ހަމަލާދޭން އުޅުނު ފުރަތަމަ ފަހަރެއް ނޫން،“ ޓްރަމްޕް ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާތަކުގެ އަލީގައި، ހުރިހާ އެމެރިކާ ރައްޔިތުންވެސް އެމީހުންގެ މެދުގައި ހުރި ތަފާތުތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މި ހަމަލާގެ އަމާޒަކީ ޓްރަމްޕްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ބުނީ ”އެހެން ކަމަށް ލަފާކުރެވޭ“ ކަމަށެވެ.

ސީކްރެޓް ސާވިސްއިން ބުނި ގޮތުގައި މި ބަޑީގެ ހަމަލާ ދީފައިވަނީ ސެކިއުރިޓީ ބަލައި ފާސްކުރާ ”ސްކްރީނިންގ އޭރިއާ“ ގައެވެ. އަދި މިހާރު އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ކުޑައިރުކޮޅެއް ކުރިން ޓްރަމްޕް ވަނީ ”ޓްރުތް ސޯޝަލް“ ގައި ހަމަލާދިން މީހާ ބިންމަތީގައި އޮތް ފޮޓޯއަކާއި، އޭނާ ސެކިއުރިޓީ ފޫއަޅުވާލާފައި ދުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އެޓަރނީ ޖީނީން ފެރިސް ޕިރޯ ވިދާޅުވީ، ހައްޔަރުކުރި މީހާގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން ކުށެއް ކުރުމާއި ފެޑެރަލް އޮފިސަރުންނަށް ނުރައްކާތެރި ހަތިޔާރަކުން ހަމަލާދިނުމުގެ ދައުވާ އުފުލާނެ ކަމަށެވެ. އެފް.ބީ.އައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވިދާޅުވީ ތަހުގީގު ޓީމުތަކުން އެމީހާގެ ފަސްފަހަތް ބަލަން ފަށާފައިވާ ކަމަށާއި، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެކަން ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަން އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި