Wednesday, 9 September 2026
Ads by

ނަފްސާނީ ބަލި ތަހައްމަލްކުރަމުންދާ ފަރާތްތަކުން ލަސްނުކުރައްވާ 1677 ހޮޓްލައިނަށް ގުޅުއްވާ !

ނަފްސާނީ ބަލި ތަހައްމަލްކުރަމުންދާ ފަރާތްތަކުން ލަސްނުކުރައްވާ 1677 ހޮޓްލައިނަށް ގުޅުއްވާ !

ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގ---

ނަފްސާނީ ބަލި ތަހައްމަލްކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ފަރާތްތަކަށް ހާއްސަކޮށްގެން 1677 ހޮޓްލައިން ނަންބަރު ތައާރަފްކޮށްފިއެވެ.

Ad Image
Ads by

ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ހޮޓްލައިން ނަންބަރު 1677 ތައާރަފްކުރުމާއިއެކު މެދުކެނޑުމެއް ނެތި 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނާނެއެވެ. މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް ކަމަށާއި، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށް ވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ކަން މިހެން އޮތުމާއެކު، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި، ހިއްސާކުރާ މައުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ އަސަރުތަކެއް ކުރުވާނެ ކަންތައްތަކެއް ކަމަށްވާތީ ހެލްތް މިނިސްޓްރީން ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވަނީ، އާއިލާތަކާއި ރައްޓެހިން ގުޅިގެން އެކަކު އަނެކެއްގެ ހާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމުގެ އިތުރުން އަނެކާގެ ވާހަކަ ކަނުލާ އަޑުއެހުމަކީ ނުވަތަ ދެވޭ އޯގާތެރިކަމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

މީގެއިތުރުން ގައުމެއްގެ ހައިސިއްޔަތުން، އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެންގެ ޝާމިލު ޒިންމާއެއް ކަމަށާއި، ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން، އަދި ބިރުވެރިކަމުގެ ބަދަލުގައި އުންމީދު ކުރިއަށް ނެރުމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ވަނީ އިތުރަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި