ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

Ad Image
Ads by

މިއަދު ހެނދުނު 9:00 ގައި ފެށި މި ޕްރައިމަރީގެ ވޯޓުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެންބަރުންނަށް ވޯޓުލެވޭނީ އައްޑޫ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުންނަށް ވޯޓުލާން ހަމަޖައްސާފައިވަނީ މާލެ ކަލާފާނު ސުކޫލުގައި ބަހައްޓާފައިވާ ފޮއްޓަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ފޮށިތަކަށް ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 727 އެވެ.

ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 ގެ ނިޔަލަށެވެ.

ޕީއެންސީގެ މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވުމުން ގޮނޑި ގެއްލުމުންނެވެ.