Wednesday, 9 September 2026
Ads by

ރާއްޖެއިން އެކްސްޕޯރޓް ކުރި މަހުގެ މިންވަރު %35 އިތުރު

ރާއްޖެއިން އެކްސްޕޯރޓް ކުރި މަހުގެ މިންވަރު %35 އިތުރު

ކަޅުބިލަ މަހުގެ މަސްވެރިކަން ކުރަނީ---

ހުސްވި މާރިޗު މަހު ރާއްޖެއިން އެކްސްޕޯރޓް ކޮށްފައިވާ މަހުގެ އަދަދު އިތުރުވެއްޖެއެވެ.

Ad Image
Ads by

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު 69 މިލިއަން ރުފިޔާގެ މަސް ރާއްޖެއިން އެކްސްޕޯރޓް ކޮށްފައިވާއިރު، ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯރޓް ކޮށްފައިވަނީ 51 މިލިއަން ރުފިޔާގެ މަހެވެ. އެހެންކަމުން މި މަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ މަހުގެ އަދަދު ވަނީ %35 އިތުރުވެފައެވެ.

މައިގަނޑުގޮތެއްގައި ރާއްޖެއިން އެކްސްޕޯރޓު ކުރަނީ ކަނޑުމަހުގެ ދެ ބާވަތް ކަމަށްވާ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެއްޏެވެ. ރާއްޖެއިން ތިން ގޮތަކަށް ކަޅުބިލަ މަސް އެކްސްޕޯރޓް ކުރެއެވެ. އެއީ ގަނޑުކޮށްގެން، ތާޒާކޮށް އަދި ދަޅުގައި ބަންދުކޮށްގެންނެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯރޓް ކޮށްފައިވާ މިންވަރު މިދިޔަ މަހު ވަނީ %75 އިތުރުވެފައެވެ.

ފެބުރުއަރީ މަހު މި އަދަދު ހުރީ 29 މިލިއަން ރުފިޔާގައި ނަމަވެސް މި ހިނގާ މާރިޗު މަހު ވަނީ މި އަދަދު 51 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ ބާވަތްތަކާއި ލިބުނު އާމްދަނީ:

  • ދަޅު މަސް: 51 މިލިއަން ރުފިޔާ
  • ގަނޑުކުރި ކަޅުބިލަ މަސް: 8 މިލިއަން ރުފިޔާ
  • ތާޒާ ކަންނެލި މަސް: 6 މިލިއަން ރުފިޔާ

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. ކަން މިހެން އޮތް އިރު ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން މަސް ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުން ފަދަ މަސައްކަތްތައް މީގެ ތެރޭގައި ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި