Wednesday, 9 September 2026
Ads by

ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ލޯނުތައް އަދާކުރެއްވުމުން މަހުލޫފްގެ ތައުރީފް ރައީސް މުޢިއްޒަށް!

ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ލޯނުތައް އަދާކުރެއްވުމުން މަހުލޫފްގެ ތައުރީފް ރައީސް މުޢިއްޒަށް!

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަދި، ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް..

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ދައްކައި ޚަލާޞްކުރުމާ ގުޅިގެން، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަދި، ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

Ad Image
Ads by

މަޚުލޫފް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގައި ފައިސާ ނެތް ކަމަށާއި، ދަރަނި އަދާކުރާނެ ގޮތެއް ނުވަތަ ދުވަހެއް ނޭނގޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އިއްޔެއާ ހަމައަށްވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ކަމަށެވެ. ނަމަވެސް އެ ހުރިހާ ވާހަކަތަކަކަށް ހައްލު ހޯއްދަވައިދެއްވައި، ރައީސް މުއިއްޒު ވަނީ ޤައުމުގެ މާލީ ހާލަތު ބަދަލުކޮށްދެއްވާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮންމެ ސަރުކާރަކުން ނެގި ކަމުގައިވިޔަސް، ހާލަތާ ގުޅޭގޮތުން ލޯނު ނެގުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް މަޚުލޫފް ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ލޯނުތައް އަދާކުރުމުގެ ބުރަ ދަޢުލަތަށް ކުރިމަތިވި މި ނާޒުކު ވަގުތު، ރައީސް މުޢިއްޒު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ދަރަނިން ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

”މިދަރަނިތައް އަދާނުކުރެވުނުނަމަ، ރާއްޖެއަށް ކުރިމަތިވާނެ ދަތިތަކާ ގޮންޖެހުންތައް އަންދާޒާވެސް ކޮށްނުލެވޭނެ،“ މަހުލޫފް ވިދާޅުވިއެވެ.

މި ކާމިޔާބީއަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވަމުން، މަޚުލޫފް ވަނީ މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، ބޭރުގެ ދަރަނިތައް ދެއްކުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވެ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އިތުބާރު ލިބިގެންދާނެ ކަމެއް ކަމަށް އިޤްތިޞާދީ މާހިރުންވެސް ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި