އެމެރިކާގެ ރައީސް ލުބުނާނުގެ ޞުލްޙައިގެ އެއްބަސްވުން އިތުރު ތިން ހަފްތާއަށް އާކުރިކަން އިޢުލާންކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ އެއްބަސްވުމާ ފުށުއަރާ ގޮތަށް ވާހަކަދައްކާފައެވެ. ނަތަންޔާހޫ ބުނެފައިވަނީ ލުބުނާނުގައި ޙަމަލާދިނުމުގެ ”ފުރިހަމަ މިނިވަންކަން“ އިޒްރޭލަށް އޮންނާނެ ކަމަށެވެ.
תודה ללוחמים שלנו שפועלים בשטח. שתהיה להם שבת שלום, כולנו מתפללים עבורם. אנחנו נביא גם ביטחון וגם שלום – ונחזיר את הביטחון לתושבי הצפון. pic.twitter.com/UxFjdBhySj
— Benjamin Netanyahu – בנימין נתניהו (@netanyahu) April 24, 2026
ޙާލަތުގެ ތަފްޞީލު: ”ޞުލްޙައިގެ“ ތެރެއިން ޙަމަލާދިނުން
ސޯޝަލް މީޑިއާ އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުނެފައިވަނީ، ”ކޮންމެ ނުރައްކަލަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ މިނިވަންކަން އަހަރެމެން ދަމަހައްޓާނަން. އަހަރެމެން އިއްޔެ ވެސް ޙަމަލާދިނިން، އަދި މިއަދު ވެސް ޙަމަލާދިނިން،“ ކަމަށެވެ.
މި ވީޑިއޯގައި ނަތަންޔާހޫ ވަނީ ޞުލްޙައިގެ އެއްބަސްވުން ގޯސްކުރަން ހެޒްބޮއްލާ އިން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިއީ ބިމުގެ ޙަޤީޤަތާ މުޅިން ޚިލާފު ވާހަކައެކެވެ. އިޒްރޭލު ސިފައިން މިހާރުވެސް ދަނީ ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ޣައިރު ޤާނޫނީ ގޮތުން އަރައި، އާންމުންގެ ރަށްތަކަށް ބޮންއަޅައި، ބުލްޑޯޒަރުތައް ބޭނުންކޮށްގެން އާންމުންގެ ގެދޮރު ސުންނާފަތިކުރަމުންނެވެ.












