Wednesday, 9 September 2026
Ads by

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި

ދިވެހި މުޖުތަމަޢުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި، މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި ޒިންމާދާރުކަމާއެކު އޯގާތެރިކޮށް މުޢާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަދި އަގުހުރި އަމާނާތެއްކަން ފާހަގަކުރައްވައި، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހެލްތް މިނިސްޓްރީން ވަނީ މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި މަޢުލޫމާތުތަކާމެދު ސަމާލުވުމަށް އެދިފައެވެ. އެގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ފެތުރުމަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ. ވީމާ، ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުގެ ބަދަލުގައި، އުއްމީދާއި ހިތްވަރު ދިނުމުގެ މެސެޖުތައް އިސްކުރުމަށް ޢާންމުންނަށާއި މީޑިއާތަކަށް ވަނީ ބާރުއަޅާފައެވެ.

”ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުއްވާށެވެ،“ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ޢާއިލާތަކާއި ރައްޓެހިން އަދި މުޅި މުޖުތަމަޢު ގުޅިގެން އެކަކު އަނެކެއްގެ ޙާލުބަލައި، އޯގާތެރިކަމާއެކު އަޑުއަހާލުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަފްސާނީ ގޮތުން ދަތި ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް، އެ ފަރާތްތަކަކީ އެކަނިވެރި ބައެއް ނޫންކަން ހަނދާންކޮށްދެމުން، ލަސްނުކޮށް އެހީތެރިކަން ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ’ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން‘ 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގެ ޔަޤީންކަންވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި