Sunday, 26 July 2026
Ads by

ހެޔޮ ބަދަލުތަކާއެކު ދެން ފެށިގެންދާނީ ޕީއެންސީގެ ހަގީގީ ވެރިކަމެއް: ޝުޖާއު

ހެޔޮ ބަދަލުތަކާއެކު ދެން ފެށިގެންދާނީ ޕީއެންސީގެ ހަގީގީ ވެރިކަމެއް: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު---

ހެޔޮ ބަދަލުތަކާއެކު ދެން ފެށިގެންދާނީ ޕީއެންސީގެ ހަގީގީ ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހއ. ފިއްލަދޫއިން ޕީއެންސީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ، މި ހަފްތާ ތެރޭގައި ކުރީގެ ދެ ރައީސުން ކަމަށްވާ ޢަބްދުﷲ ޔާމީނާއި، މުޙައްމަދު ނަޝީދުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ލީޑަރުން ގުޅިގެން ކޮންމެ ރެއަކު ވަރުގަދަ ސައްލާތައް ކޮށް ”މާލޫދު“ ކިޔަވާ ކަމަށެވެ.

”އެއްބައި ރޭރޭ ކަންމަތި ސިޓިންގރޫމްގައި އަނެއް ބައި ރޭރޭ ސިއްކަމެން ގޭ ތެރޭގައި މި ކިޔަވާ މާލޫދަކީ މި މީހުން ޖެހޭނެއޭ އަހަރުމެން ކައިރިއަށް އަންނަން، މި މީހުންނަކަށް ލޯނެއް ނުދެއްކޭނެއޭ ލޯނު ދެއްކޭނެ ވާހަކަ އަންނަންވާނީ އަހަރުމެންނާއި އެކީގައޭ ދައްކަން، ދައްކާފައި މި ދައްކަނީ ދިވެހި ސަރުކާރުން އެމްޑީޕީން ނަގާފައި އޮތް 400 މިލިއަން ޑޮލަރުގެ ވާހަކައެއް، މިކަން އަހަރުމެންނާ ނުލައެއް ރައީސް މުޢިއްޒަކަށް ނުނިންމޭނޭ ޖެހޭނީ މޭޒު ދޮށަށޭ އަންނަން،“ – ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ އެންމެ އަޑީގައި ތިބީ ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި، ޔާމީނާއި އަދި އިބޫއެވެ. ޝުޖާއު ވަނީ އެމްޑީޕީ ސަރުކާރުގައި ނަގާފައިވާ ލޯނުތައް އަނބުރާ ރޯލްއޯވަރ ކުރެވޭނީ ރައީސް މުޢިއްޒު އެބައިމީހުންގެ ފައިބުޑަށް ވެއްޓިގެން ކަމަށް ބުނަމުންދާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީން ނަގާފައިވާ 400 މިލިއަން ޑޮލަރާއި، 925 މިލިއަން ޑޮލަރުގެ އިތުރުން 1.4 ބިލިއަން ރުފިޔާ މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައި ދައްކާފައިވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މި ހުރިހާ ލޯނެއް ނަގައިގެން ވެސް އެމްޑީޕީ ސަރުކާރުގައި ހަމައެކަނި ކުރި ކަމަކީ އެ ފައިސާތައް ކެއުން ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައި ގައުމު ހަމަމަގަށް އެޅުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. ކަން މިހެން އޮތުމާއެކު ކުރިއަށް އޮތްތަނުގައި ދެން ފެށިގެންދާނީ ޕީއެންސީގެ ހަގީގީ ވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި