Wednesday, 9 September 2026
Ads by

1.2 ލައްކަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި މިލަންދޫއިން ދެ މީހަކު ހައްޔަރުކޮށްފި

1.2 ލައްކަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި މިލަންދޫއިން ދެ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫގެ ގެއަކުން ގިނަ އަދަދެއްގެ ޓީވީތަކަކާއި އަގުބޮޑު ސެންޓުފުޅިތަކެއްގެ އިތުރުން، އެހެން ގެއަކުން 120،000 (އެއްލައްކަ ވިހިހާސް) ރުފިޔާއަށް ވުރެ ގިނަ އަގުހުރި އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، އެ ތަކެތި ފުލުހުން ހޯދައިފިއެވެ.

Ad Image
Ads by

މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން، އެޕްރީލް 21 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ރެޑްރޯސް، އަޙްމަދު ޢަޒީމް (34އ) އާއި އެ ރަށު ތަރިވިދާގެ، މުޙައްމަދު ޝިފާއު (29އ) އެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 60 އިންޗީގެ ސްކައިވޯތް ޓީވީއަކާއި، 65 އިންޗީގެ ޓީސީއެލް ޓީވީއެއްގެ އިތުރުން 240 އެމެރިކާ ޑޮލަރުގެ އަގުހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއަކާއި، ހަ ހާހެއްހާ ރުފިޔާގެ އަގުހުރި އިތުރު ސެންޓުފުޅިތަކެއް ހިމެނެއެވެ. ފުލުހުން ވަނީ މި ހުރިހާ ތަކެއްޗެއް ހޯދައި، މިހާރު ވެރިފަރާތާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން، މިލަންދޫގެ އެހެން ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ. އެޕްރީލް 18 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހިނގި މި ވައްކަމުގައި ވަގަށް ނަގާފައި ވަނީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވާފައިވާ ބުރަފައްޗެކެވެ. ވެރިފަރާތުން މަޢުލޫމާތު ދޭ ގޮތުގައި މި ތަކެތީގެ އަގު 120،000 ރުފިޔާއަށް ވުރެ ބޮޑެވެ.

ފުލުހުން ކުރި މަސައްކަތުން އެނގުނު ގޮތުގައި، ވަގަށް ނެގި މި އިންޖީނު ބައިތައް ވަނީ އެޕްރީލް 18 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު، މިލަންދޫ ފަޅުތެރޭގައި އޮތް ބޯޓެއްގެ ކައްޕިއަށް އެންމެ 2،500 ރުފިޔާއަށް ވިއްކާލާފައެވެ. ފުލުހުން އެ ބޯޓަށް ގޮސް ބަލައިފާސްކުރިއިރު، ވަގަށް ނެގި ތަކެތި ފެނިފައި ވަނީ ބޯޓުގެ އިންޖީނުގެ ވަތުތެރޭގައި ފޮރުވާފައި ވަނިކޮށެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި