Sunday, 25 October 2026
Ads by

އަހަރުގެ ފުރަތަމަ ކުއާޓާގައި ބަންކަރިންގެ ހިދުމަތަށް ބޮޑު ކުރިއެރުމެއް

އަހަރުގެ ފުރަތަމަ ކުއާޓާގައި ބަންކަރިންގެ ހިދުމަތަށް ބޮޑު ކުރިއެރުމެއް

ބަންކަރިންގެ ހިދުމަތް ދެނީ--- ފޮޓޯ: ޕީއެސްއެމް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން މިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި ފަށާފައިވާ ބަންކަރިންގެ ހިދުމަތަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

Ad Image
Ads by

އެސްޓީއޯއިން އިއްޔެ އާންމުކުރި މި ހިނގާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ 2025 ވަނަ އަހަރުގެ ފަހު ކުއާޓާގައި ވިއްކި އަދަދަށް ވުރެ އިތުރަށް 18 މިލިއަން ލީޓަރު (113،216.6 ފީފާ) ތެޔޮ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ވިއްކައިފައެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ވެސް ބޮޑުކުރިއެވެ. އެސްޓީއޯގެ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ އިތުރުން ތެޔޮ ވިއްކުނު މިންވަރު ވެސް އިތުރުުވުމަކީ އެސްޓީއޯގެ އާމްދަނީ އިތުރުވުމަށް މެދުވެރިވި އެއްސަބަބެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެސްޓީއޯއިން ވިއްކި ތެލުގެ މިންވަރާ އަޅާބަލާއިރު މި ކުއާޓާގައި ވަނީ 27 އިންސައްތަ އިތުރުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެސްޓީއޯއިން މި ކުއާޓާގައި 5.49 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވާއިރު، ޖުމުލަ އާމްދަނީގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ހަރަދަށާއި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 276 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި