2026 ވަނަ އަހަރުގެ ވޯލްޑް އިކޮނޮމިކް ސަމިޓާ ގުޅިގެން މުޅި ދުނިޔޭގެ ސޯޝަލް މީޑިއާގައި މިހާރު ފެތުރެމުންދަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ އިސް އެޑްވައިޒަރު އަދި ”ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ“ މޭސްތިރި ސްޓީވް ބެނަންއަށް ބޮޑު ނިކަމެތިކަމަކާ ކުރިމަތިވި ވާހަކައެވެ. ބައިނަލްއަޤްވާމީ ކެމެރާތަކުގެ ކުރިމަތީގައި އޭނާގެ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލި، އަމިއްލަ ގަޔަށް ކުޑަކަމުދެވުނުކަމަށް ބުނެ ފެތުރެމުންދާ މި ވާހަކައަކީ ރަސްމީ މީޑިއާތަކުން ކަށަވަރުކޮށްދޭ ކަމަކަށް ނުވިނަމަވެސް، މިއީ އޭނާ އާއި އޭނާ ފަދަ އިސްލާމްދީނާ މުސްލިމުންނަށް ނަފުރަތުކުރާ ބޮޑުން މުސްލިމުންނާ ދެކޮޅަށް ފަތުރަމުންދާ އިސްތިޢުމާރީ ފިކުރުގެ އާޚިރު ނަތީޖާ؛ މުޅި ދުނިޔޭގެ ކުރިމަތީގައި ފުނޑުފުނޑުވެ ކޮންޓްރޯލުން ނެއްޓިގެން ދިޔުމުގެ ރަމްޒީ މިސާލެކެވެ.
مستشار ترامب السابق، وأكبر داعمي إسرائيل، ستيف بانون يفقد السيطرة ويتبول على نفسه أمام العدسات في قمة الاقتصاد العالمي 2026. pic.twitter.com/fC8WXlcxGK
— رؤى لدراسات الحرب (@RoaaWarStudies) April 22, 2026
އިސްލާމްދީން ކުށްވެރިކުރުމުގެ ފިކުރު:
”ބެނަންސް ވޯރ“ ފަދަ ޑޮކިއުމެންޓްރީތަކުން ހާމަވާގޮތުގައި، އޭނާގެ މައިގަނޑު މަޤްޞަދަކަށްވީ ދީނީ ބޮޑު ހަނގުރާމައެއް އުފެއްދުމެވެ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ކުރާ ފިކުރީ ހަނގުރާމައަކަށް ބަދަލުކޮށްލީ އޭނާގެ ނުފޫޒުންނެވެ. އިސްލާމްދީނަކީ ކުށެއް ކަމުގައި ދައްކައި، މުސްލިމުންނަކީ ހުޅަނގަށް އޮތް ނުރައްކާއެއް ކަމަށް ސިފަކުރުމުގެ ނަތީޖާއަކީ، މުސްލިމުންގެ އިޤްތިޞާދުތައް ފުނޑާލައި، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގުމަށް ސިޔާސީ ގޮތުން މަގުފަހިވެގެން ދިއުމެވެ.

ނަސްލުހޭދަށް މަގުފަހިކުރުން:
މި ފިކުރުގެ ސަބަބުން މުސްލިމުންގެ އެތައް މިލިއަން ފުރާނައެއް ވަނީ ގެއްލިފައެވެ. އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ނަސްލުހޭދާއި ޤަތުލުޢާންމަށް ފުރިހަމައަށް ތާޢީދުކުރުމަކީ މި ފިކުރުގެ ނަތީޖާއެވެ. މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ލޭބަލްކޮށްގެން، އެއްވެސް ޖަވާބުދާރީވުމަކާ ނުލައި މުސްލިމުން ކަތިލުމުގެ ހުއްދަ ހުޅަނގަށް ލިބުނެވެ. މިއަދު ސަމިޓުން ފެނިގެންދިޔައީ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ފެށި މޭސްތިރިންގެ ބާރު ކެނޑި، އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ކޮންޓްރޯލް ނެތި ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވަމުންދާ މަންޒަރެވެ.
އިސްތިޢުމާރީ ބާރުތަކުގެ ގޮނޑިކޮއްކޮ ވެރިން:
ހުޅަނގުގެ މި އަނިޔާވެރި އެޖެންޑާ ކާމިޔާބުވުމުގެ އަސްލަކީ އިސްލާމީ ޤައުމުތަކުގައި ތިބި ހުޅަނގުގެ ގޮނޑިކޮއްކޮ ވެރިންނެވެ. މީގެ އެންމެ ސާފު އެއް ހެއްކަކީ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރވޭޒް މުޝައްރަފް 2006 ވަނަ އަހަރު ނެރުނު އޭނާގެ އަމިއްލަ ފޮތް ”އިން ދަ ލައިން އޮފް ފަޔަރ“ ގައި ލިޔެފައިވާ ވާހަކަތަކެވެ. އެ ފޮތުގެ 237 ވަނަ ޞަފުޙާގައި އޭނާ އެއްބަސްވެފައިވާ ގޮތުން، އެތައް ސަތޭކަ މުސްލިމުންނެއް ހިފައި ހައްޔަރުކޮށް އެމެރިކާއާ ޙަވާލުކޮށްގެން އޭނާ ވަނީ މިލިއަނުން ޑޮލަރުގެ ފައިސާ ހޯދާފައެވެ. މިއީ އަމިއްލަ ރައްޔިތުން އަޅުވެތިކުރުމަށް މުޅި އިސްލާމީ ދުނިޔޭގައި ވެރިން ބޭނުންކުރާ ގޮތެވެ.

މީގެ އެންމެ ބޮޑު ދެފުއްދެގޮތް ބަޔަކީ، ”ޓެރަރިޒަމާ“ ދެކޮޅަށް ކަމަށް ބުނެ ހަދާފައިވާ ބޮޑެތި އަސްކަރީ ކޯލިޝަންތަކެވެ. ޣައްޒާގައި އިޒްރޭލާއި އެމެރިކާއިން ކޮންމެ ދުވަހަކު މުސްލިމުންނާ ދެކޮޅަށް ސްޓޭޓް ޓެރަރިޒަމް ހިންގަމުންދާއިރު، މި ކޯލިޝަންތަކުގެ އެއްވެސް ވަޞީލަތެއް އެކަން ހުއްޓުވާކަށް ބޭނުމެއް ނުކުރެއެވެ. އޭގެ ބަދަލުގައި މުސްލިމް ޤައުމުތަކުގެ ހުރިހާ ފައިސާއަކާއި ހަތިޔާރެއް ބޭނުންކުރަނީ އަމިއްލަ މުސްލިމް ރައްޔިތުން މަރައި، އެމީހުންގެ މައްޗަށް ބާރުފޯރުވުމަށެވެ. މިއަދު ފެންނަމުންދަނީ އެ އަނިޔާވެރި ފިކުރު މުޅިން ބަނގުރޫޓުވެފައިވާ މަންޒަރެވެ.












