Sunday, 25 October 2026
Ads by

ސީފުޑް މާކެޓް ޕްލޭސް 2026 ގައި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަނެއް!

ސީފުޑް މާކެޓް ޕްލޭސް 2026 ގައި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަނެއް!

ސީފުޑް މާކެޓް ޕްލޭސް 2026 ގައި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ކުރިއަށްދިޔަ ހާއްސަ ޕެނަލް ޑިސްކަޝަންގެ ތެރެއިން.. ފޮޓޯ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (MFORMPC)

ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

Ad Image
Ads by

މި އީ 3 ދުވަހުގެ މުއްދަތަށް ބާސެލޯނާގައި ކުރިއަށްދާ މުޅި ދުނިޔޭގެ ސީފުޑް އިންޑަސްޓްރީ ގުޅުވައިދޭ ޕްރިމިއާ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް އެވެ. މި ފެއާގައި ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކަކުން ބައިވެރިވިއެވެ.

މި ފެއާގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ފިޝަރީސް އެގްރިކަލްޗަރ އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް އާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ބައިވެރިވިއެވެ.

އޭގެ ތެރޭގައި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި މިފްކޯއާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ބްލޫ ސޯލްވޯޓާ ޕްރައިވެޓް ލިމިޓެޑާއި ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ދިވެހިރާއްޖެއިން ވަނީ ރާއްޖެގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަން އެއް ކުރިއަށްގެންގޮސްފައެވެ. ފެއާގެ ސައިޑް އިވެންޓެއްގެ ގޮތުން “ ދިވެހިރާއްޖެ އިން ދުނިޔެއަށް“ މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމްއާއި މޮންޓެރީ ބޭ އެކްވަރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑިރެކްޓަރު ޖޯޝް މަޑޭރާ އަދި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާތިފް ޝުކޫރު ބައިވެރިވެވަޑައިގަތެވެ.

މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި، ދުނިޔޭގެ މާކެޓަށް ވަދެވޭނެ ގޮތާއި، އަގު އުފެއްދުމާއި ގުޅޭގޮތުންވެސް މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރިއެވެ.

މި ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ސީފުޑް ވޮޗް އިން ކަނޑައެޅުމުން އެކަން ޕްރޮމޯޓްކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

މިއީ [ސީފުޑް ވޮޗް] ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މިއީ ދިވެހިރާއްޖެއަށާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ [ސީފުޑް ވޮޗް] ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ ”ބެސްޓް ޗޮއިސް“ ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި