Wednesday, 9 September 2026
Ads by

ލިޓަން މަރާލިކަން ސާބިތުވެ ނިޒާމް އުމުރަށް ޖަލަށް

ލިޓަން މަރާލިކަން ސާބިތުވެ ނިޒާމް އުމުރަށް ޖަލަށް

ލިޓަން (ކ) ނިޒާމް (ވ)---

ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ މުޙައްމަދު ލިޓަން މަރާލިކަމުގެ ކުށް ސާބިތުވެ، އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މުޙައްމަދު ނިޒާމް އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

Ad Image
Ads by

ނިޒާމާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓު ގެއްލިގެން ރިޕޯޓްކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހެވެ. އޭގެ އަނެއް ދުވަހު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެއަރޕޯޓް ނެރު ކައިރިން އެ ބޯޓު ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން އޭރު ބުންޏެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، ނިޒާމް ކަމަށް ބެލެވޭ މީހަކު މާލޭ ސިޓީގެ މަގުމަތިން ފެނިފައިވާ ކަމަށް ބުނެ މީހަކު އާންމު ކުރި ފޮޓޯއަކާއި ގުޅިގެން، ފުލުހުންގެ ތަހުގީގުގެ ބޭނުމަށް ނިޒާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

އަދި އޭގެ ފަހުން ނިޒާމް ލިޓަން މަރާލައި ހަށިގަނޑު މޫދަށް އެއްލާލިކަމުގެ ތުހުމަތުކޮށް، ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފައެވެ. ދައުލަތުން ނިޒާމުގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ވައްކަމުގެ ދައުވާ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު، ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ލިޓަންގެ ހަށިގަނޑު މިހާތަނަށް ފެނިފައިނުވި ނަމަވެސް ކުރެވުނު ތަހުގީގުން ނިޒާމް، ލިޓަން މަރާލިކަން ސާބިތުވާ ކަމަށާއި އަދި އަދަބެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި