Saturday, 24 October 2026
Ads by

ރިސޯޓްތަކުގެ މުވައްޒަފުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނީ އަދުގެ ސަރުކާރުން: ފަލާޙު

ރިސޯޓްތަކުގެ މުވައްޒަފުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނީ އަދުގެ ސަރުކާރުން: ފަލާޙު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިސޯޓްތަކުގެ މުވައްޒަފުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނީ އަދުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ފަލާޙު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މަޢުރޫފް ޛާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުންނެވެ. ފަލާޙު ވިދާޅުވީ، ގާނޫނުތަކަށް އެފަދަ އިސްލާހުތައް ގެންނައިރުގައި ރާއްޖޭގެ އެހެން ގާނޫނުތަކާއި އިސްލާހުތަކާއި އެއްވެސް ވަރެއްގެ ފުށުއެރުމެއް ހުރޭތޯ ބަލަންޖެހޭ ކަމަށެވެ.

”ފަތުރުވެރިކަމަކީ ދިވެހި އިގްތިސާދުގެ ލޭނާރު މައިބަދަ، ދުނިޔޭގެ އިގްތިސާދަށް އަންނަ ކޮންމެ ބަދަލެއް އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އޯނަރުންނާއި ހުރިހާ ފަރާތްތަކަށް ކުރާނެ، މިހާރު ވެސް ދުނިޔޭގައި މި ދަނީ ވަރަށް ވަރުގަދަ ހަނގުރާމަތަކެއް ހިންގަމުން، އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 20 އިންސައްތަ ދަށްވެފައި،“ – ފަލާޙު ވިދާޅުވިއެވެ.

ރިސޯޓްތަކަށް އިންވެސްޓްކޮށްފައިވާ އިންވެސްޓަރުން އެބަތިބިކަން ފާހަގަކުރައްވަމުން ފަލާޙު ވިދާޅުވީ ރިސޯޓު އޯނަރުންނަކީ ބޮޑެތި ލޯނުތަކާއި ދަރަނިތައް ނަގައިގެން އިންވެސްޓްކޮށްފައިވާ ފަރާތްތަކެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަކީ ވަރަށް ބޮޑު ރިސްކުތަކެއް ނަގައިގެން މަސައްކަތް ކުރަމުންދާ ފަރާތްތަކެއް ކަމަށްވުމާއެކު، އެ އިސްލާހުގައި އިންވެސްޓަރުންނާއި ރިސޯޓް އޯނަރުންނާއި މުވައްޒަފުން ވެސް ހިމާޔަތްކުރަންޖެހޭ ކަމަށް ފަލާޙު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ހުރިހާ ފަރާތްތަކެއްގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ގާނޫނަށް އިސްލާހުތައް ގެނައުންކަން ފާހަގަކުރައްވަމުން ފަލާޙު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މިފަދަ ކަންކަމުގައި އިންސާފުވެރި އަދި އެއްވެސް ފަރާތަކަށް ގެއްލުން ނުވާނެ ގޮތަށް އިސްލާހުތައް ގެނައުމަށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި