Wednesday, 9 September 2026
Ads by

ހުސްވެފައިވާ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޕްރައިމެރީ މި މަހުގެ 25ގައި

ހުސްވެފައިވާ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޕްރައިމެރީ މި މަހުގެ 25ގައި

ކޮންގްރެސް ޕާޓީގެ ޕްރައިމެރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން---

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ މި ދަނޑިވަޅުގައި އެ ދާއިރާގެ ބައި އިލެކްޝަންސްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ކޮންގްރެސް ޕާޓީގެ ޕްރައިމެރީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ހަމަޖައްސައިފިއެވެ.

Ad Image
Ads by

މި އިންތިހާބު ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ.

ކޮންގްރެސް ޕާޓީން ނެރެފައިވާ އިއުލާނެއްގައި ބުނީ، ޕްރައިމެރީގައި އެ ޕާޓީގެ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނާނީ ހިތަދޫ އުތުރު ދާއިރާގައާއި މާލޭ ސިޓީގައި ގާއިމުކޮށްފައިވާ ވޯޓު ފޮށިތަކަށް ކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށެވެ.

މީގެ އިތުރުން މާލެއާއި އެހެނިހެން ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް ކަމަށް ވެސް ކޮންގްރެސް ޕާޓީން މައުލޫމާތުދެއެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ދެ ބޭފުޅަކު ވާދަކުރައްވައެވެ. އެ ދެ ބޭފުޅުންނަކީ މުޙައްމަދު ސިނާނު، ހުޅުދޫއާގެ / ސ. ހިތަދޫ އާއި އަޙްމަދު ސަޢީދު، ބަލީލް / ސ. ހިތަދޫއެވެ. މީގެ ތެރެއިން ސިނާނަކީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅާއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) އެވެ. އެޕާޓީއިން އިތުރު މީހަކު މި ކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ ސޯބެއަށް ޓިކެޓް ދީފައިވަނީ ޕްރައިމަރީއަކާ ނުލައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނުގެ އަތުން ގެއްލިފައިވަނީ އޭނާއާއި، އިތުރު އެހެން މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކް މެދުވެރިކޮށް ނެގި 2.5 މިލިއަން ރުފިޔާގެ ލޯނު ދައްކަން 2024 ވަނަ އަހަރު ކޮށްފައިވާ ހުކުމަކާ އެއްގޮތަށް ފައިސާ ނުދެއްކުމުން ސްޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް

Warning: filesize(): stat failed for /home/eki/www/www/wp-content/cache/db/remaining/938/9c4/9389c4fda5ac626c543cd7cc0059baf1.php in /home/eki/www/www/wp-content/plugins/w3-total-cache/Cache_File.php on line 159
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި