Wednesday, 9 September 2026
Ads by

ބީއެމްއެލްއިން ލޯނު ދޫކުރާ އުމުރުފުރާ 75 އަހަރަށް މަތިކޮށްފި

ބީއެމްއެލްއިން ލޯނު ދޫކުރާ އުމުރުފުރާ 75 އަހަރަށް މަތިކޮށްފި

ބީއެމްއެލްގެ މައި އިދާރާ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރަކީ 75 އަހަރު ކަމަށް ހަމަޖައްސައިފިއެވެ.

Ad Image
Ads by

ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ލޯނާއި ފައިނޭންސިންގ ދޫކުރާ އުމުރުފުރާއަށް ބަދަލު ގެނައުމަށް ބީއެމްއެލްގެ ބޯޑުން އިއްޔެ ނިންމާފައިވާ ކަމަށާއި، އަދި އެ ނިންމުމަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

މީގެ ކުރިން ބީއެމްއެލްއިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާގެ ގޮތުގައި ކަނޑައަޅާފައި ވަނީ 60 އަހަރެވެ. ނަމަވެސް، އަލަށް މި ގެނެވުނު ބަދަލާއެކު، 18 އަހަރާއި 75 އަހަރާ ދެމެދުގެ ކޮންމެ ފަރާތަކަށް ވެސް ބޭންކުގެ ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ކުރިން އޮތް އުސޫލުގެ ސަބަބުން އުމުރުން 55 އަހަރުގެ މީހަކަށް ލޯނެއް ލިބެނީ އެންމެ ފަސް އަހަރުގެ ތެރޭގައި ދައްކާ ހަލާސްކުރެވޭނަމައެވެ. އެހެންކަމުން، ލޯނު ދޫކުރާ އުމުރު 75 އަހަރަށް ބަދަލުކުރުމުން، ގެދޮރު ގަތުމާއި އެހެނިހެން ބޮޑެތި ލޯނާއި ފައިނޭންސިންގތަކަށް އެދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ބަދަލުގެ ސަބަބުން ލޯނު ދެއްކުމަށް އެކަށީގެންވާ މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި