ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވެފައިމިވަނީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުގެ ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރިންތަކެއް ކަމަށެވެ.
”ދިވެހި ސިފައިންގެ 134 އަހަރުގެ ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް، ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ގާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ގައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވައިފައެވެ.
ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް. ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް… pic.twitter.com/ZCOh6KHRr8
— Dr Mohamed Muizzu (@MMuizzu) April 21, 2026
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް މި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކަކީ ދިވެހި ގައުމިއްޔަތު ކުރިއަރުވައި، ދެމެހެއްޓުމަށްޓަކައި ކުރަމުންދާ ވަރަށް މުހިންމު މަސައްކަތްތަކެކެވެ.














