Sunday, 25 October 2026
Ads by

މިހާތަނަށް މަޖިލިސް އިންތިޚާބަށް ކުރިމަތިލީ 2 ކެނޑިޑޭޓުން: އީސީ

މިހާތަނަށް މަޖިލިސް އިންތިޚާބަށް ކުރިމަތިލީ 2 ކެނޑިޑޭޓުން: އީސީ

ރައްޔިޔުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް މިހާތަނަށް ކެނޑިޑެންސީ ފޯމް ހުށަހެޅީ އެންމެ 2 ކެނޑިޑޭޓުން ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ad Image
Ads by

އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލިތާ މިހާރު 4 ދުވަސް ވަނީވެފައެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އީސީގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސީއަށް އަދި މިހާތަނަށް ލިބިފައިވަނީ ގަމު ދާއިރާއާއި ނިލަންދޫ ދާއިރާއަށް ކުރިމަތިލައްވާ 2 ކެނޑިޑޭޓެއްގެ ފޯމް އެކަނި ކަމަށެވެ. އަދި މި ދެފަރާތަކީވެސް އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކެއް ކަމަށް ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން މެންދުރު 02:00 ޖެހުމާ ހަމައަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 02:00 އިން ހަވީރު 04:00 ޖެހުމާ ހަމައަށްވެސް ފޯމް ބަލައިގަންނާނެއެވެ. އިލްކެޝަންސް ކޮމިޝަނުން ފޯމް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

މަޖިލިސް އިންތިޚާބުގައި ޕާތީތަކުގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕާޓީތަކުން ދަނީ ޕްރައިމަރީތައް ބާއްވަމުންނެވެ. އެގޮތުން ވެރިކަންކުރާ ޕާޓީ ޕީއެންސީން ވަނީ މިދިޔަ ޖެނުއަރީ 27 ގައި އެޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވާފައެވެ. އަދި އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރޭޓްސް ޕްރައިމަރީގެ ވޯޓްލުން މިއަދު ކުރިއަށް އެބަގެންދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި