Wednesday, 9 September 2026
Ads by

ޝާހީންގެ މަރު: މަސްއޫދަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް، މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން

ޝާހީންގެ މަރު: މަސްއޫދަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް، މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން

ދ. މީދޫ މަސްދޯންޏެއްގައި 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލަދޭޝްގެ މުހައްމަދު ޝާހީން މަރާލި މައްސަލައިގައި ދައުވާކުރި، އެ ގައުމުގެ މުހައްމަދު މަސްއޫދުގެ މައްޗަށް، ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

Ad Image
Ads by

މަސްއޫދުގެ މައްޗަށް ދައުލަތުން ކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެފަސް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ދައުވާއަށް މަސްއޫދު އިންކާރުކުރި ނަމަވެސް، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކި ގަރީނާއިން އެ ކުށްކުރީ އޭނާކަން ސާބިތުވާ ކަމަށެވެ. އެގޮތުން ޝާހީނަށް ހަމަލާ ދިންއިރު، މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި މައްސަލައިއި އެ ހަމަލާއަކީ މަރައިލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށް މަސްއޫދު ބުނި ނަމަވެސް، ހަމަލާގެ ކުރިން އެ ދެ މީހުންގެ މެދުގައި ހަމަނުޖެހުމެއް ހިންގާފައިވުމުން އެ ހަމަލާއަކީ، ”އިންސިޑެންޓެއް“ ކަމަށް ވުމުގެ ފުރުސަތު ކުޑަކަމަށް ސީން ރިކޮންސްޓްރަކްޝަން ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންވެ، ހުކުމުގައި ވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެ މައްސަލައިގައި ޝާހީންގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އެ މީހުން ބުނާތީ، އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކުރީ ކަމަށް ވެސް ހުކުމުގައިވެއެވެ. އަދި  ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުމަށް ވެސް ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރިވެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި