Saturday, 24 October 2026
Ads by

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތިލަމާލެ ބްރިޖުގެ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް، ލަސަވަމުންދިއުމަކީ އެކަމާ މެދު ސަރުކާރުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބްރިޖުގެ މަސައްކަތް ނިންމުމަށް އެކި ފަހަރުމަތިން ކަނޑައެޅި ތާރީހުތައް ފަހަނައަޅައި ގޮސް މަސައްކަތް ނުނިމި ދިގުލައިގެންދާތީ، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކޮންޓްރެކްޓަރުގެ ފަރާތުން ތަކުރާރުކޮށް އެދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް މިކަމުގައި ކުރަމުން މިދަނީ، މިހާރު އަނެއްކާ ވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ، ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން، ކުރިން ވެސް ތާރީހް ދިން އެކަމަކު ދިމަލެއް ނުވި، މިހާރު 2027 އަށް ނިންމަން ކޮންޓްރެކްޓަރު ތާރީހް ދީފައިވަނީ،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ބިނާކުރާ 6.7 ކިލޯމީޓަރުގެ މި ބްރިޖަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ކުރިއަށްގެންދާ ޖުމްލަ 500 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ ނިންމުމަށް ތާވަލުކޮށްފައި އޮތީ ނިމިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވުމާ ގުޅިގެން، ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން މިހާރު ވަނީ މަސައްކަތުގެ މުއްދަތަށް 30 މަސްދުވަސް އިތުރުކޮށްދީފައެވެ. މިގޮތަށް މުއްދަތު އިތުރުކުރުމުގެ ސަބަބުން، ކުންފުންޏަށް 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންނެވެ. ތިލަމާލެ ބްރިޖްގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މީގެ ފަސް އަހަރު ކުރިން 2021 ވަނަ އަހަރުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި