Sunday, 26 July 2026
Ads by

އުސޫލުން ބޭރުން އެއްވެސް ކަމެއްކުރާކަށް ފުރުސަތެއް ނުދޭނަން: ރައީސް

އުސޫލުން ބޭރުން އެއްވެސް ކަމެއްކުރާކަށް ފުރުސަތެއް ނުދޭނަން: ރައީސް

ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އަދި އެއްވެސް އިދާރާއަކުންވެސް ޤާނޫނުތަކާއި، ޤަވާއިދާ ޚިލާފަށް، ނުވަތަ އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިޔާގެ ސުވާލު އަމާޒުކުރެއްވީ ދާދިފަހުން ތަޢާރަފްކުރި ސަރުކާރުގެ ޓެކްސީލައިން ޚިދުމަތް ”މާލެ ޓެކްސީ ސާރވިސް“ ގެ އެޕް އާއި ގުޅޭ މައްސަލަތަކެއްގެ ވާހަކައާއި ގުޅޭ ސުވާލެކެވެ. ރައީސް ވިދާޅުވީ މި އެޕްލިކޭޝަން ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ ލިބިވަޑައިގެންނެވިކަމަށާއި، ވަގުތުން އެކަމަށް ސަމާލުކަންދީ ހައްލުކުރުމަށް އެމްޓީސީސީ އަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވާނީ އަންގަވާފައިކަމަށެވެ.

”އަޅުގަނޑުމެން ވާނީ ރައީސް އޮފީހުން އަންގާފަ އެމްޓީސީސީއަށް އަދި އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީއަށް މިކަން ރަނގަޅަށް ބައްލަވާ އެއްވެސްކަހަލަ ކަމެއް ނުރަނގަޅުކޮށް ހިނގާކަމަށް ވަންޏާ ވަގުތުން އެކަމަކަށް އެޓެންޑްވެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްތައް ކުރުމަށް“ ރައީސް ވިދާޅުވިއެވެ.

މިއާއިއެކު ރައީސް ވިދާޅުވީ ޤާނޫނުތަކާއި ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއްކުރުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއްކުރާ ބަޔަކަށްވެސް އަޅަންޖެހޭ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ވެބްސައިޓް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތަށް ބުކިންގެ ހެދުމުގެ ފުރުސަތު މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއްވެސް ދަނީ ހަދަމުންކަމަށެވެ. ވީހާވެސް އަވަހަކަށް މި ޚިދުމަތް ރަނގަޅު މަގުން ގެންދެވޭނެ ގޮތެއް މިނިސްޓްރީއާއި ގުޅިގެން ސަރުކާރުން ބަލަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”ގައިމުވެސް އެއްވެސް ފަރާތަކަށް ޤާނޫނާއި ޤަވާއިދާ ޚިލާފަށް ނޫނިއްޔާ އެއްވެސް ކަހަލަ ނުފޫޒެއްފޯރުވައިގެން ނުރަނގަޅުކޮށް ކަމެއް ކުރުމަކީ އަޅުގަނޑުމެން ފުރުސަތު ދޭނެ ކަމެއްނޫން“ ރައީސް ވިދާޅުވިއެވެ.

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓާއެކު ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި މިހާރު ނިންމައިލެވޭނެއެވެ. އެގޮތުން ލިންކަށް ވަނުމަށް ފަހު ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް އަމަލުކުރުމުން ދަތުރު ބުކްކޮށް ފައިސާ ދައްކާލުމަކީ އެހައި އުނދަގޫ ކަމެއް ނޫނެވެ.

ވެބްސައިޓްގެ އިތުރުން މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކްކޮށްލެވޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި