Wednesday, 9 September 2026
Ads by

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ރައީސް ނަޝީދު ނިންމަވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ރައީސް ނަޝީދު ނިންމަވައިފި

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

Ad Image
Ads by

މިކަން އެމަނިކުފާނު ރަސްމީކޮށް ހާމަކުރެއްވީ ”ބޮޑު ބަދަލު“ މި ނަމުގައި މިއަދު ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބޭއްވެވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން މިހާރު ނިންމަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމެވީ ޕާޓީގެ ކަންކަން އިސްލާހުކޮށް، އަލުން ރަނގަޅު މިސްރާބަކަށް ގެންދެވޭނީ އެ މަގާމުގައި ހުންނަވައިގެން ކަމަށް ގަބޫލުފުޅު ކުރެއްވޭތީއެވެ. މީގެ އިތުރުން، އެފްރިކާގައި ބައިނަލްއަގުވާމީ މުހިންމު މަގާމެއްގައި ހުންނެވުމަށްފަހު، އެ މަގާމު ދޫކޮށްލައްވައި ރާއްޖެ ވަޑައިގަތީވެސް ސީދާ އެ ބޭނުންފުޅުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ މި ނިންމެވުމާއެކު، އެމަނިކުފާނުގެ އަރިހުގައި މި ބައްދަލުވުމުގައި އިންނެވި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ނަޝީދަށް ފުރިހަމައަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކުރިމަގަށްޓަކައި ޗެއާޕާސަންގެ މަގާމަށް ނަޝީދު ގެންނެވުމަށް އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮންނާނެ ކަމަށެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ ތާރީޚުގައި އެ ޕާޓީގެ ފުރަތަމަ އިންތިޚާބީ ޗެއާޕާސަންގެ މަގާމު ފުރުއްވި ބޭފުޅާވެސް މެއެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މިހާރު ވަގުތީ ގޮތުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނީ އަބްދުލްޣަފޫރު މޫސާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި