Saturday, 17 October 2026
Ads by

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

Ad Image
Ads by

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މާލެ، މ. މުނިޔާގެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 12/2009) ގެ ދަށުންނެވެ.

މި ހާދިސާ ފުލުހުންނަށް ހުށަހެޅުމާއެކު، ފުލުހުން ވަނީ ވަގުތުން އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ. ތަހުގީގު ނިންމުމަށްފަހު ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 15 އެޕްރީލް 2026 ގައި ކޯޓުން ވަނީ މުޙައްމަދު އަނިލްގެ މައްޗަށް ހުކުމް އިއްވާފައެވެ. ކޯޓުގެ ހުކުމުގައިވަނީ މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 16 އަހަރަށް ޖަލަށްލުމަށެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން، އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ކުޑަކުދިންނަށް ޖިންސީގޯނާކޮށް އިހުމާލުވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، މިފަދަ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރަމުން ގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި