Saturday, 24 October 2026
Ads by

ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި 500 މިލިއަން ރުފިޔާ

ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި 500 މިލިއަން ރުފިޔާ

މީރާގެ ނަންބޯޑު--- ފޮޓޯ: އެކި އެމްވީ

ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މި ހިނގާ 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދައުލަތަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް 549 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 488 މިލިއަން ރުފިޔާއާ އަޅާބަލާއިރު 12.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ރިސޯޓް ބިމު ކުލީގެ ގޮތުގައި ލިބުނު 35 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 32 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. މީގެ އިތުރުން ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 440 މިލިއަން ރުފިޔާ މި މުއްދަތުގެ ތެރޭގައި ލިބިފައިވެއެވެ. މިއީ ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ 10.9 އިންސައްތައެވެ. ހަމައެހެންމެ ރިސޯޓު ކުލީގެ ގޮތުގައި 29 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ ޑޮލަރު އާމްދަނީގެ 14 އިންސައްތައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ 1,303 ތަނެއް ހުރިއިރު، މީގެ ތެރޭގައި 180 ރިސޯޓް ހިމެނެއެވެ. މި ތަންތަނުގެ ޖުމްލަ އެނދުގެ އަދަދަކީ 45,111 އެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ކުރިއެރުމަށް ބަލައިލާއިރު، މި އަހަރުގެ މިހާތަނަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި