Sunday, 26 July 2026
Ads by

ޅ. އަތޮޅު ފަޅުރަށަކުން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޅ. އަތޮޅު ފަޅުރަށަކުން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޅ. އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ad Image
Ads by

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޅ. އަތޮޅުގެ ފަޅުރަށަކުން މި ކިނބޫ ފެނިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސިފައިން ވަނީ އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. އަދި އެ ރަށުން ފެނުނު ކިނބޫ ހިފުމަށްފަހު، މިހާރު ވަނީ ޅ. ނައިފަރަށް ގެންގޮސްފައެވެ.

މި ކިނބުލުގެ ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓު ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދޭތެރެއަކުން ކިނބޫ ފެންނަމުންދާތީ، މޫދަށް އެރި އުޅުމުގައާއި ދަތުރުފަތުރު ކުރުމުގައި އާންމުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ކިނބޫ ފެނިއްޖެ ނަމަ، ލަސްނުކޮށް އެމްއެންޑީއެފްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި