Sunday, 26 July 2026
Ads by

އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން ފެނިގެންދަނީ ދީނީ މިންގަނޑުން ބޭރު، އަހްލާގީ ފެންވަރުދަށް އަމަލުތަކެއް: ރައީސް

އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން ފެނިގެންދަނީ ދީނީ މިންގަނޑުން ބޭރު، އަހްލާގީ ފެންވަރުދަށް އަމަލުތަކެއް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ޕީއެންސީ

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން ފެނިގެންދަނީ ދީނީ މިންގަނޑުން ބޭރު، އަހްލާގީ ފެންވަރުދަށް އަމަލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކަށް އަންނަ މީހުންގެ ފަރާތުން ރިވެތި އަހްލާގު ފެންނަން ކޮންމެ ރައްޔިތުން އެދޭނެ ކަމަށެވެ. ނަމަވެސް އެފަދަ ބައެއް މީހުންގެ ފަރާތުން އެކަން ފެނިގެން ނުދިއުމަކީ ވަރަށް ބޮޑަށް ހިތާމަފުޅުކުރައްވާ ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެފަދަ މީހުންގެ ފަރާތުން މިހާ އަވަހަށް ހަޑިހުތުރު ބަސްތަކުން މުހާތަބުކުރުމާއި، ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ތަން ފެންނަން ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ރެއަކު އެ ފަރާތްތަކުން ކުރިއަށްގެންދާ އެއްވުންތަކުގައި މިކަންކަން ތަކުރާރު ކުރަމުން ގެންދާ ކަމަށެވެ. އެފަދަ މީހުންގެ ފަރާތުން ރިވެތި ސިފަތައް ނުފެންނަތާންގައި ދީނެއް އަދި މިއްލަތެއް އިސްކުރާ މަންޒަރު ވެސް ނުފެންނަ ކަމަށް އެމަނިކުފާނު ވަނީ ވިިދާޅުވެފައެވެ.

”އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ގައުމު. ގައުމު އިސްކުރުމުގެ މާނައަކީ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި މި ގައުމު އަޅުގަނޑުމެން  ވާރުތަކޮށްދޭން ޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުގެ މަތީގައި ހިނގާ ގައުމަކަށް،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކައުންސިލްތަކަށް ހޮވިގެން ދިޔަ ޕީއެންސީގެ ފިކުރާއި ދެކޮޅު ކެންޑިޑޭޓުންގެ ކިބައިން ވެސް ފެނިގެންދާންވާނީ އެ މީހުންގެ ސިޔާސީ ޕާޓީގެ އެޖެންޑާ އިސްކުރުމަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުން ކަމަށެވެ. ކޮންމެ ސިޔާސީ ފިކުރަކުން ހޮވުނު މީހެއް ކަމުގައި ވިޔަސް އެމީހާ ހޮވޭ ހިސާބުން އެއީ ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުންނަންޖެހޭ މީހެއް ކަމަށް ވެސް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި