Wednesday, 9 September 2026
Ads by

ކައުންސިލް އިންތިހާބުގެ އިތުރު ބުރުގައި ވެސް ޕީއެންސީއަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް!

ކައުންސިލް އިންތިހާބުގެ އިތުރު ބުރުގައި ވެސް ޕީއެންސީއަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް!

ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ---

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރުގައި ޕީއެންސީއަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ލިބިއްޖެއެވެ.

Ad Image
Ads by

މި އިންތިހާބުގެ އިތުރު ބުރެއް ބާއްވާފައިމިވަނި، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ. އެގޮތުން މިއަދު ނެގުނު ވޯޓުގައި ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑިތައް ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.

އެ ތިން ރަށަކީ، ހދ. ނޭކުރެންދޫ، ހއ. ކެލާގެ އިތުރުން ލ. މާވަށެވެ.

މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ނޭކުރެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ކަމުގެ ގޮނޑިއަށް ވާދަކުރި ކެންޑިޑޭޓް ފާޠިމަތު ރިއުޒާ ކާމިޔާބުކޮށްފައެވެ. އޭނާއާއިއެކު މި އިންތިހާބުގައި ދެން ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ފާތިމަތު ނިޝާދާއެވެ.

މީގެ އިތުރުން ހއ. ކެލާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ފަރާތުން ވާދަކުި ކެންޑިޑޭޓް ޙައްވާ ފަޒްނާއެވެ. އަދި ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ކަމުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ފާޠިމަތު ޝާފިއާއެވެ.

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުނު އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، ނަތީޖާ ކަށަވަރު ކުރުމަށްޓަކައި ބޭއްވުނު އިތުރު ބުރެކެވެ. މި އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ 6،093 މީހަކު ވަނީ ރަޖިސްޓްރީވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި