Wednesday, 9 September 2026
Ads by

ލުބުނާނުގެ ދެކުނު ފޭރިގަނެ، ޣައްޒާއެކޭ އެއްފަދައިން ބަންދުކުރަން އިޒްރޭލުން ”ޔެލޯ ލައިން“ އިއުލާންކޮށްފި

ލުބުނާނުގެ ދެކުނު ފޭރިގަނެ، ޣައްޒާއެކޭ އެއްފަދައިން ބަންދުކުރަން އިޒްރޭލުން ”ޔެލޯ ލައިން“ އިއުލާންކޮށްފި

29 މާރިޗު 2026 ގައި ލުބުނާނާއި އިޒްރޭލުގެ ބޯޑަރުގައި އިޒްރޭލުގެ ސިފައިންނާއި ޓޭންކުތައް ހަރަކާތްތެރިކުރާ މަންޒަރު. (ފޮޓޯ: ޖަލާ މަރޭ / އޭއެފްޕީ)

ލުބުނާނުގައި އިޒްރޭލުގެ އިސްތިއުމާރުން ކުރަމުންދާ ހަނގުރާމައިގެ ޙަޤީޤީ މަޤްޞަދު މުޅި ދުނިޔެއަށް ހާމަވެއްޖެއެވެ. އިޒްރޭލުގެ މީޑިއާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ލުބުނާނުގެ ދެކުނުގައި ”ޔެލޯ ލައިން“ ގެ ނަމުގައި އައު ސިޔާސަތެއް ތަންފީޒުކޮށް، އެ ސަރަޙައްދަކީ ޣައްޒާއެކޭ އެއްފަދައިން ބަންދުކޮށްފައިވާ ”ސެކިއުރިޓީ ބަފަރ ޒޯނެއް“ ކަމުގައި މިވަނީ ކަނޑައަޅާފައެވެ.

Ad Image
Ads by

”ޔެލޯ ލައިން“ އިން އެތެރެވާ މީހުންނަށް އިޒްރޭލުން ޙަމަލާދޭން ފަށައިފި
ލުބުނާނުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލުން ހިންގާ ބިން ފޭރިގަތުމުގެ ޖަރީމާ މިވަނީ އިތުރަށް ފުޅާކޮށްފައެވެ. 10 ދުވަހުގެ ”ސީސްފަޔަރ“ އަށް ޢަމަލުކުރަން ފެށިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނުގައި އެމީހުން ކަނޑައެޅި ”ޔެލޯ ލައިން“ އާ ގާތްވި މީހުންނަށް ޙަމަލާދީ މަރާލާފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ. މިއިން ސާބިތުވަނީ ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމަކީ ހަމައެކަނި ލުބުނާނުގެ ބިންތައް ދާއިމީކޮށް ފޭރިގަތުމަށް ބޭނުންކުރާ އޮޅުވާލުމެއް ކަމެވެ.

ލިޠާނީ ކޯރާ ހަމައަށް ބިން ފޭރިގަތުން
އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މި ބަފަރ ޒޯން ލިޠާނީ ކޯރާ ހަމައަށް ފުޅާކުރާނެކަން އިޢުލާންކޮށްފައެވެ. އަދި ލުބުނާނުގެ ދެކުނު އެއްކޮށް ވަކިކޮށްލުމަށްޓަކައި، ލިޠާނީ ކޯރު މަތީގައިވާ މުހިންމު ބްރިޖުތައް އިޒްރޭލުން ދަނީ ގަސްތުގައި ގޮއްވާލަމުންނެވެ.

ނަސްލު ނައްތާލުމާއި ގެދޮރު ފޭރުން
ސަލާމަތީ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން ފޭރިގަނެފައިވާ ސަރަޙައްދަކީ 50 ރަށް ހިމެނޭގޮތަށް، ލުބުނާނުގެ ޖުމްލަ ބިމުގެ %10 އެވެ. ލުބުނާނުގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވަނީ މިއީ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށް، ދެކުނު ލުބުނާނު އެއްކޮށް އިސްތިއުމާރުކުރުމުގެ ރޭވުމެއް ކަމަށެވެ. ގެދޮރުން ނެރެލެވުނު މިލިއަނަކަށްވުރެ ގިނަ މީހުންނަށް ދެން އެމީހުންގެ ވަޒަނަކަށް ނުދެވޭނެކަން މިއަދު މިވަނީ ކަށަވަރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި