Sunday, 26 July 2026
Ads by

ހޮރްމޫޒް ކަނޑުއޮޅި އާއި އީރާނުގެ ދާޚިލީ ދެބަސްވުންތައް

ހޮރްމޫޒް ކަނޑުއޮޅި އާއި އީރާނުގެ ދާޚިލީ ދެބަސްވުންތައް

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ފެށުނު ފަހުން ހޮރްމޫޒް ކަނޑުއޮޅި ވެފައިވަނީ މުޅި ދުނިޔޭގެ ލޯތައް އެތަނަކަށް ހުއްޓިފައިވާ ތަނަކަށެވެ. ގޭގެ ފެންޑާތަކުގެ ބޮޑުވާހަކައިން ހެށިގެން ކޮފީމޭޒުތަކުގައި އެއްވެލާ ރައްޓެހިންވެސް އެތަނުގެ ވާނުވާ ބަލައި ފަހުގެ ޚަބަރުތައް ޙިއްޞާކޮށް އުޅެއެވެ.

Ad Image
Ads by

ހޮރްމޫޒް ކަނޑުއޮޅިއަކީ އޭގެ އުތުރުން އީރާނާއި ދެކުނުން އޮމާނާއި އެކުވެރި ޢަރަބި ދައުލަތްތައް (ޔޫއޭއީ) ދެ ދެމެދުގައިވާ އެންމެ ހަނިހިސާބުގައި 21 މޭލުގެ ފުޅާމިން ހުންނަ ކަނޑުމަގެކެވެ. ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 އިންސައްތަ ދަތުރުކުރާ މި އިސްތިރާޖީ މަގު ގުޅުވައިދެނީ ފާރިސީ ކަނޑާއި އަރަބި ކަނޑަށް ވާސިލުވުމަށް އޮންނަ އޮމާން ކަނޑެވެ.

އެމެރިކާއާއި އީރާނުގެ ދެމެދުގައި ފެށިފައިވާ ހަނގުރާމާގައި އީރާނުން ދަނީ އެމެރިކާއަށް ހަނގުރާމަ ހުއްޓާލުމަށާއި މަޝްވަރާކުރުވުމަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ހޮރްމޫޒް ކަނޑުއޮޅީގެ ބޭނުން ކުރަމުންނެވެ. އެތަން ބަނދުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުއުފުލުމަކީ އެމެރިކާއަށާއި ޔޫރަޕު އަދި ޖުމްލަގޮތެއްގައި މުޅި ދުނިޔެއަށް އޭގެ އަސަރުކުރާ ކަމަކަށް ވުމުން އެތަން ވެފައިވަނީ އީރާނުގެ އިސްތިރާޖީ ”ޓްރަމްޕު ކާޑަ“ ކަށެވެ.

ކަނޑުއޮޅި އިއްޔެ ހުޅުވާލުން:

ލުބުނާނުގައި އިޒްރޭލާއި ހިޒްބު الله ގެ ދެމެދުގައި ހަނގުރާމަ މަޑުޖައްސައިލުމަށް އެއްބަސްވުމަކަށް އައުމާއިއެކު އިއްޔެ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް ޢަރާޤްޗީ ވަނީ އެކަމާއި ވިދިގެން އެމެރިކާއާއި އީރާނުން ހަނގުރާމަ މަޑުޖައްސައިލުމަށް އެއްބަސްވެފައިވާ މުއްދަތައް ހުރިހާ ވިޔަފާރި އުޅަނދުތަކަކަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވިފައިވާ ކަމަށް އިޢުލާނުކޮށް ޓުވީޓެއް ކޮށްފައެވެ.

އަދި ކަނޑުއޮޅި ހުޅުވާލުމުން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުވެސް ވަނީ އެކަން އިޢުލާނުކޮށް، ނަމަވެސް އެމެރިކާއިން ކަނޑުއޮޅި ބަންދުކުރުން ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.

އައު ދުވަހަކަށް ދުނިޔޭ ލޯ ހުޅުވާލީ ހުޒްމޫޒް ކަނޑުއޮޅިން ދަތުރުކުރެވެން ފެށޭނެކަމަށް ލަފާކޮށް ޚަބަރުތަކާއި، އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށްވެސް އޭގެ ހެޔޮ އަސަރުތަކެއް ކުރުމާއިވެސް އެކުގައެވެ.

އީރާނުގެ ދާޚިލީ ހަމަނުޖެހުން:

މިއާއެކު މިއަދު މެންދުރު އީރާނުގެ ސްޓޭޓު ނޫހުން އެޤައުމުގެ ޢަސްކަރިއްޔާއާއި ހަވާލާދީ ކުއްލިގޮތަކަށް އިޢުލާނުކޮށްފައިވަނީ އީރާނުން އެއްބަސްވީ “ލިމިޓުކޮށްވައިވާ ޢަދަދަކަށް” މަނަވަރުތަކަށް ދަތުރުކުރަން ހުއްދަދިންކަމަށާއި، ނަމަވެސް އެމެރިކާއިން އެމީހުން އެއްބަސްވި ކަންކަން އަދާނުކުރުމުން އަލުން ހުރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އީރާނުގެ ޢަސްކަރީ ބާރު އެޤައުމުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ދަށުގައިވާ ”ތަސްނީމް“ ނޫހުންވެސް ވަނީ އެޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް ޢަރާޤްޗީ ކޮށްފައިވާ ޓުވީޓުގައި މުހިއްމު މަޢުލޫމާތުތައް ހާމަނުކޮށް ވާ ކަމަށް ބުނެ، އެޓުވީޓަށް ފާޑުބުނެފައެވެ.

އީރާނު ސަރުކާރުގެ ސިޔާސީ ވެރިންނާއި ޢަސްކަރިއްޔާގެ ދެމެދުގައި މިފަދަ ދެބަސްވުންތައް ފާހަގަކުރެވުމަކީ އީރާނުގެ ދާޚިލީކަންކަން ހަލަބޮލިވުމަށް ފުރުސަތު ހުޅުވިގެން ދާނޭ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި