Wednesday, 9 September 2026
Ads by

ސަރުކާރުން ގެންދަނީ މަސްވެެރިންނަށް ތަކުލީފު ނުޖައްސައި ތެލުގެ ކަންކަން މެނޭޖުކުރަމުން: ޝިޔާމް

ސަރުކާރުން ގެންދަނީ މަސްވެެރިންނަށް ތަކުލީފު ނުޖައްސައި ތެލުގެ ކަންކަން މެނޭޖުކުރަމުން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް---

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީނަމަވެސް ސަރުކާރުން ގެންދަނީ މަސްވެރިންނަށް އެ ތަކުލީފު ނުޖައްސައި ތެލުގެ ކަންކަން މެނޭޖުކުރަމުންކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ، ތެޔޮ ނުލިބުމުގެ ސަބަބުން މަސްދޯނިފަހަރު މަހަށް ނުފުރި، މަސްވެރިކަން އެއްކޮށް ހުއްޓުމަކަށް އައިސްފައިވާކަމަށް ބުނެ ”ދައުރު“ ނޫހުން ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.

”ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެ ބުރަ ނުޖައްސައި ސަރުކާރުން މިއަދާއި ހަމައަށް ވެސް ގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން، އަދި އެކަން މަސްވެރިން ވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަނޭ،“ – މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މުޅިރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވާން ފެށުމާއިއެކު މަސްވެެރިކަން ވެސް ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ވެސް ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިންގެ ކަންކަން މިހާލަތުގައި ވެސް ވަރަށް ގާތުންބަލައި، މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެެރިކަމުގެ ސިނާއަތުގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި