Wednesday, 9 September 2026
Ads by

ކުރީ ސަރުކާރުން ނެގި ބޮޑު ލޯނު ދައްކާފައިވަނީ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކާ: ރައީސް

ކުރީ ސަރުކާރުން ނެގި ބޮޑު ލޯނު ދައްކާފައިވަނީ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކާ: ރައީސް

އއ. ރަސްދޫގައި ބޭއްވި ކޮންގްރެސް ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ / ޕީއެންސީ

ކުރީ ސަރުކާރުން ނަގާފައިވާ ބޮޑު ލޯނެއް ނުވަތަ ސްކޫކް ދައްކާފައިވަނީ ދައުލަތުގެ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކައި އަދި އިތުރު ދަރަންޏެއް ނުނަގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނިމިިދިޔަ ކައުންސިލް އިންތިޚާބު އަދި އ.ތ.މ ކޮމެޓީތަކުގެ އިންތިޚާބުގައި އއ. ރަސްދޫ ދާއިރާއިން ކޮންގްރެސް ޕާޓީ ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ ސަރުކާރުން ނަގާފައިވާ 524 މިލިޔަން ޑޮލަރުގެ ސްކޫކް މި މަހުގެ 2 ވަނަ ދުވަހު މި ސަރުކާރުން ދައްކާފައިވާ ކަމަށެވެ. އަދި މި ފައިސާ ދެއްކީ ޤައުމު ބަނގުރޫޓުވިޔަ ނުދީ، އިތުރު ހަރުމުދަލެއް ނުވިއްކާ، ސަރުކާރުގެ އަމިއްލަ ހަކަތައިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސްކޫކް ކުރީ ސަރުކާރުން ނަގާފައިވަނީ ދައުލަތުގެ މުހިންމު 4 ބިމެއް ރަހުނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދަރުމަވަންތަ ހޮސްޕިޓަލް
  • އިމާރާތްއިސްކަންދަރު ސްކޫލްގެ ބިން
  • އައިޖީއެމްއެޗްގެ ބިންފި
  • ނޭންސް މިނިސްޓްރީ ހިންގާ ބިން

”މި 4 ތަން ހުރީ ރަހުނުކޮށްފައި. މި ހުރިހައި ތަނެއްވެސް މިހާރު އެ ހުރީ ސަލާމަތްވެފައި،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދައުލަތުގެ ބައެއް ތަންތަން ރަހުނުކޮށްފައި އެބަހުރި ކަމަށާއި، އެ ތަންތަން ސަލާމަތްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މި ސްކޫކް ނުދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ފައިސާ ދެއްކިކަމުގެ ހުރިހާ ލިޔެކިޔުންތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މާލީ ވުޒާރާގައި ހުންނާނެ ކަމަށެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރަނިތައް ދައްކާފައިވާކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް 4 ބިލިޔަން ރުފިޔާގެ މަޝްރޫއު އެތައް ސަތޭކަ ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި