Wednesday, 9 September 2026
Ads by

ތަކަންދޫގައި ބެހެއްޓި އާ ޖެންސެޓް ބޭނުންކުރަން ފަށައިފި

ތަކަންދޫގައި ބެހެއްޓި އާ ޖެންސެޓް ބޭނުންކުރަން ފަށައިފި

ތަކަންދޫގައި ބެހެއްޓި އާ ޖެންސެޓް ބޭނުންކުރަން ފެށުން.. ފޮޓޯ / ފެނަކަ

ހއ. ތަކަންދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއްގެނައުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން އެރަށަށް ގެންދިޔަ އާ ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު، ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

Ad Image
Ads by

ތަކަންދޫ ނޫނަސް އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ކަރަންޓުގެ މައްސަލަތައް ހިމެނޭއިރު، މި މައްސަލަތަކަށް ދާއިމީ ޙައްލު ހޯދުމަށް ސަރުކާރުން އަންނަނީ، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާބާދީ ކުޑަ ރަށްރަށާއި، އާބާދީ ބޮޑު ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ، ކުރަމުންނެވެ.

އެގޮތުން ހއ. ތަކަންދޫގައި މިހާރުވަނީ އާ ޖެންސެޓެއް އިންސްޓޯލް ކުރުމަށްފަހު ބޭނުންކުރަން ފަށާފައެވެ. ތަކަންދޫގައި އިތުރުވަމުން އަންނަ އާބާދީއާއެކު ކަރަންޓަށް އޮންނަ ޑިމާންޑުވެސް އަންނަނީ، އިތުރުވަމުންނެވެ. އެރަށުގައި އިންސްޓޯލް ކުރި އާ ޖެންސެޓާއެކު އެރަށުގެ ކަރަންޓުގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ތަކަންދޫއަށް ގެންދިޔަ 250 ކިލޯވޮޓުގެ އާ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ތަކަންދޫ ބްރާންޗުގެ މެނޭޖަރ އަބްދުﷲ ރަޝީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތަކަންދޫގައި އާ ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުން ކުރުމަކީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ތަކަންދޫގައި އާ ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވަނީ، މި ހިނގާ އޭޕްރީލް މަހުގެ 2ވަނަ ދުވަހުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި