Wednesday, 9 September 2026
Ads by

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެމްޕަވަރމަންޓް ހަބް ޖުލައި މަހު ހުޅުވަނީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެމްޕަވަރމަންޓް ހަބް ޖުލައި މަހު ހުޅުވަނީ

އެމްޕަވަރމަންޓް ހަބް ތަރައްގީކުރަމުންދާ ސަރަހައްދު---

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ އެމްޕަވަރމަންޓް ހަބް އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ހެލްތް މިނިސްޓްރީން ބުނީ އެމްޕަވަރމަންޓް ހަބަކީ، ރަސްމީ ތައުލީމު ނިންމުމަށް ފަހު މުޖުތަމައުއަށް ނުކުންނަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުނަރު ތަރައްގީކުރުމަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ތަރައްގީކުރެވިގެންދާ ހަބެއް ކަމަށެވެ.

މި ހަބަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން އުދަރެސްގެ ހަތްވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ތަރައްގީކުރެވޭ ހަބެކެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ހަބުގައި ތަފާތު އެކިކަހަލަ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކަލިނަރީ އަދި ހޮސްޕިޓާލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނު ޕްރޮގްރާމުތައް ހިމެނެއެވެ. އަދި ހަމައެހެންމެ، އަތްތެރި މަސައްކަތް ފަދަ އެކި ފަންނީ ހުނަރުވެރިން ބިނާކުރުމަށް ތަފާތު ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ތަމްސީލު ކުރާ މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި، ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ޖާގައަކާއި، އެފަދަ ފަރާތްތަކަށް އަޅައިލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމުތައް މި ހަބުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެމްޕަވަރމަންޓް ހަބުގެ މަސައްކަތް އެއްކޮށް ނިންމައި ޖުލައި މަހު ހުޅުވުމަށް ތައްޔާރުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މި ތަނަކީ ޒަކާތު ފަންޑުން ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ ހަބެއް ކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި