Sunday, 26 July 2026
Ads by

ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 5 ވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރުކުރައްވައިފި

ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 5 ވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރުކުރައްވައިފި

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްﷲ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ ފަސްވަނަ ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ތަގުރީރުކުރައްވައިފިއެވެ.

Ad Image
Ads by

މި ކޮންފަރެންސްގެ މައުޟޫއުކަމަށްވާ، ”ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ސަރަހައްދުތަކުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގައި މަޖިލިސްތަކުގެ ދައުރު“ މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމާއި އަދި ފެންބޮޑުވުން ފަދަ މޫސުމީ ނުރައްކާތަކުން ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި އެފަދަ ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުއެޅުމުގެ މުހިއްމުކަމާއި، ކާރިސާތަކުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ބިން ބޭނުންކުރުމާ ގުޅޭ ގާނޫނީ އަދި ސިޔާސީ އޮނިގަނޑުތައް ހަރުދަނާކުރުމުގައި މަޖިލިސްތަކުގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި، ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި މޫސުމީ ކަންކަމަށް އިސްކަންދިނުން ހިމެނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ސަރުކާރު ޖަވާބުދާރީކުރުވުމުގައި، ހާއްސަކޮށް ކޮމިޓީތަކުގެ މަސައްކަތާއި، ބަޖެޓް ދިރާސާކުރުމާއި، ސިޔާސަތުތައް މުރާޖައާކުރުން ފަދަ ކަންކަމުގެ ތެރެއިން މަޖިލިސްތަކުން އަދާކުރާ ދައުރަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ސަބަބުން ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާގެ އިތުރުން ހަކަތައާއި ކުނި މެނޭޖުކުރުން ފަދަ މުހިންމު ދާއިރާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކަށް ހެދުމަށް މަގުފަހިވާ ކަމަށެވެ.

ގައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، މޫސުމީ ބަދަލުތަކާ ގުޅުންހުރި ސިޔާސަތުތަކާއި ގާނޫނުތަކަށް މެދުނުކެނޑި ސަމާލުކަންދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ތިމާވެއްޓާ ރައްޓެހި އުމްރާނީ ތަރައްގީއާއި ހިދުމަތްތައް ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކަށް މަގުފަހިކުރުމާއި، އާ މާލީ ނިޒާމުތައް އީޖާދުކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަޙީމް ވާހަކަފުޅުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އޭގެ ސަބަބުން ކުރިމަތިވެދާނެ އިންސާނީ އަދި އިގްތިސާދީ ނުރައްކާތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މަޝްވަރާގެ މަގުން ސުލްހަވެރި ހައްލެއް ހޯދުމަށް އޭނާ ގޮވާލެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، އެންމެހައި ފަރާތްތަކަށް އުންމީދީ މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި