ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މާލޭ ސިޓީގެ މަގުތަކުގައި ފެން ބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ، ވާރޭވެހި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/JhutKSRBIY
— Maldives National Defence Force (@MNDF_Official) April 16, 2026
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދުގެ މޫސުމާ ގުޅޭގޮތުން ބުނެފައިވާ ގޮތުގައި، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް، ވަކިން ހާއްސަކޮށް، މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަ ކުރާނެ ކަމަށެވެ. މީގެ އިތުރުން ވައި ޖެހޭނީ 3 މެލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ހައްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.












