Wednesday, 9 September 2026
Ads by

ކުންފުނިތަކުގެ ވެރިންނާއި، އާރުޑީސީ އެންމެން ވަކިކޮށް، ރިފޯމްކުރަންޖެހޭ: އައްބާސް

ކުންފުނިތަކުގެ ވެރިންނާއި، އާރުޑީސީ އެންމެން ވަކިކޮށް، ރިފޯމްކުރަންޖެހޭ: އައްބާސް

ރައްޔިތުންގެ މަޖްލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް... ފޮޓޯ/ މަޖްލިސް

ކުންފުނިތަކުގެ ވެރިންވަނީ ދަޢުލަތަށް ޣައްދާރުވެފައި ކަމަށާއި، ޚާއްސަކޮށް މަގުހަދާ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހުރިހާ މުވައްޒަފުން ވަކިކޮށް، ކުންފުނިތަކުގެ ވެރިންވެސް ވަކިކޮށް ހުރިހާ ކުންފުނިތައް ރިފޯމްކުރަން ރައްޔިތުންގެ މަޖްލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސަރުކާރަށް ގޮވާލައްވައިފިއެވެ.

Ad Image
Ads by

އައްބާސް މިފަދައިން ގޮވައިލެއްވީ 20 ވަނަ ރައްޔިތުންގެ މަޖްލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އައްބާސް މިފަދައިން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ވެލިދޫ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްނުދާކަމަށް ވިދާޅުވެ ވާހަަކަ ދައްކަވަމުންނެވެ. އޭނާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރާއި، ހިނގަމުންމިދާ ޕީއެންސީ ސަރުކާރު ހިމަނައިގެން ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި އައްބާސްގެ އުފަން ރަށް ވެލިދޫގެ މަގުތައް ހަދާ ނުނިމޭ މައްސަލައެވެ. މިކަމަށް ޢިޝާރާތް ކުރައްވާ އައްބާސް ވަނީ އެއީ ދަޢުލަތުން ކުރާ އިސްރާފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

”ކުރީ ސަރުކާރާއި، މިސަރުކާރު ހިމަނައިގެން ވެލިދޫގެ މަގުތައް ހަދާތާ މިއީ 7 އަހަރު ދުވަސް. އެންމެ މަގެއްގެ ކޯނަރު ނުނިމޭ، އެންމެ މަގެއްގެ ތާރެއް ނޭޅޭ. ކުރިން ގާ ޖަހާފައިހުރި ތަން އަނެއްކާ ގާ ނަގާފައި ގާ ޖަހަން، 100 އެއްހާ މުވައްޒަފުން އެބަތިބި، ދަޢުލަތުގެ ބަޖެޓުން ކުރާ ބޮޑު އިސްރާފެއް އެއީ..“ އައްބާސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އައްބާސް ވަނީ ސަރުކާރުގެ ކުންފުނިތަކާމެދު ނުރުހުން ފާޅުކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް މަގުހަދާ ކުންފުނި އާރުޑީސީއަށް އައްބާސްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އާރުޑީސީގެ ހުރިހާ މުވައްޒަފުން ވަގުތުން ވަކިކުރަން ޖެހޭ ކަމަށާއި، އެއީ ދަޢުލަތަށް ޣައްދާރުވެފައި ތިބި ބައެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވިއެވެ.

”ރާއްޖޭގެ މަޝްހޫރު އެންމެ ގިނަމަގު ހަދާކަމަށްވާ އާރުޑީސީ އާ ހަވާލުކޮށްފައޮތީ.. އާރުޑީސީގެ ވެރިން ވިދާޅުވަނީ އޮންގޮއިން އޭ އޮންގޮއިންއޭ، މެސެނަރީ ކަމިންގއޭ، މެސެނަރީ ކަމިންގއޭ، ކުރިއަކަށް ނުކަނޑާ ޢިއްޒަތްތެރި ރައީސް، ކަނޑައެޅިގެން ދޮގު. އާރުޑީސީ ބޭފުޅުން މިހާރު ވަކިކުރަންވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެންގުމެއްގެ ތެރެއިން ވަޒީފާއިންވެސް. ސީދާ ދަޢުލަތަށް ޣައްދާރުވާ ބައެއްއެއީ..“ އައްބާސް ވިދާޅުވިއެވެ.

އައްބާސް ފާހަގަކުރެއްވި ގޮތުގައި، ނ، ވެލިދޫ އައުޓްޑޯ ޖިމް، ކުޑަކުދިންގެ ޕާކު، ވެލިދޫ ހޮސްޕިޓަލް، ޕޮލިސް ސްޓޭޝަން، ޑިޓޮކްސް ސެންޓަރު، އަދި ވޭސްޓް މެނޭޖްމެންޓް، މަޝްރޫޢުވެސް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. އެހެންނަމަވެސް މީގެ ތެރެއިން އެއްކަމެއްވެސް ނިމިފައިނުވާ ކަމަށާއި، ބިމުން މައްޗަށް ތަނބުކޮޅެއް އެރުން ނޫންކަމެއް މިހިނގާ ދުވަސްތަކުގައި އަދިނުވާ ކަމަށް ވިދާޅުވިއެވެ. ޖުމްލަގޮތެއްގައި ދަޢުލަތުގެ ބަޖެޓަކުން ވެލިދޫއަކަށް، އަދި ވެލިދޫގެ އެއްވެސް ރައްޔިތަކަށް ވީ މަންފާއެއް ނެތް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ ވެރިންނަކީ ޚިޔާނާތްތެރިންތަކެއް ކަމަށާއި، ކުންފުނިތަކުގެ ވެރިން ދަޢުލަތަށް ޣައްދާރުވެފައިވާ ކަމަށެވެ. އެހެންކަމުން ވަގުތުން ވަގުތަށް ކުންފުނިތަކުގެ ވެރިން ވަކިކޮށް ކުންފުނިތައް ރިފޯމްކުރަން އައްބާސް ވަނީ ރައީސްއަށް ގޮވާލައްވާފައެވެ.

މުޅި ޤައުމުގެ ޙައްޤުގައި ބަސްބުނަން މިއަދު މަޖުބޫރު ކަމަށާއި، ރެޔާއި ދުވާލު އޭނާ ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށް އައްބާސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި