Wednesday, 9 September 2026
Ads by

ބަޖެޓާއި ގުޅުވާ އެމްޑީޕީން ހުށަހެޅި ގަރާރަކީ ޝަމްހީދު، ރައީސް އިބޫއަށް ބަވަން ހުށަހެޅި ގަރާރެއް: ޝުޖާއު

ބަޖެޓާއި ގުޅުވާ އެމްޑީޕީން ހުށަހެޅި ގަރާރަކީ ޝަމްހީދު، ރައީސް އިބޫއަށް ބަވަން ހުށަހެޅި ގަރާރެއް: ޝުޖާއު

ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު.. ފޮޓޯ / މަޖްލިސް

ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖްލީހުން ފާސްކުރި ބަޖެޓާއި ބެހޭގޮތުން މަޖްލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއޭ ކިޔާފައި، އެމްޑީޕީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ބަޖެޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަވަން ޑރ. ޝަމްހީދު އިސްވެ ހުންނަވާ ލައިގެން އުޅޭ ގަރާރެއްކަމަށް ބާރަށުދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީގައި 2 ކަމެއް ވާކަމަށާއި، އެއްކަމަކީ ހުޅުމާލެ ދެކުނުދާއިރާގެ މެންބަރު ޑރ. ޝަމްހީދު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާނުކޮށްފައިވުން ކަމަށާއި، އެމްޑީޕީން 5 މެންބަރުންގެ ކޮމިޝަނެއް ނެގިއިރުވެސް ޝަމްހީދު ހިމެނިވަޑައި ނުގަންނަވާ ކަމަށާއި، އޭސީސީއަށް ދާން ޝަމްހީދު ނިންމީވެސް އެމްޑީޕީގެ ކޮމިޝަންގައި ތިބި 5މެންބަރުންގެ މައްޗަށް ދަޢުވާ ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށްކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެން ކަމުން މަޖްލިސްގައި ތިއްބެވި އެމްޑީޕީގެ 12 މެންބަރުން އޮޕަރޭޓް ކުރަމުންދަނީ އެފަދަ ގޮތަކަށް ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

“ ހުށަހެޅިފައިވާ ޤަރާރަކީ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ލައްވާ އެމްޑީޕީގެ ކުރީގެ ރައީސް އިބޫއަށް ބަވަން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ހުށަހެޅުއްވި ގަރާރެއް“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ 3 ވަނަ ބާބުގައި ރައްޔިތުންގެ މަޖްލީހުގެ މެންބަރުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދަޢުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްދިނުމަކީ މަޖްލީހުގެ މެންބަރުންގެ ޤާނޫނީ ޒިންމާއެއްކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖްލީހުގައި ހުށަހެޅުނު އެއްވެސް ބަޖެޓަކަށް، އެ ގަރާރު ހުށަހެޅުއްވި އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް ދުވަހަކުވެސް ވޯޓު ދެއްވާފައިނުވާ ކަމަށެވެ.

މީގެެއިތުރުން ޝުޖާއު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖެއިން ބޭރުގެ ދަރަނިތައް ދައްކަން ހުރި ސޮވެރިން ފަންޑުގައި ހުރި 90 އިންސައްތަ ޑޮލަރު ދިވެހިރުފިޔާއަށް ހަދާ އެމްޑީޕީވެރިންގެ ގާތް ރަހުމަތްތެރިންނަށް ބަދަލުދިނުމުގެ ގޮތުން ހޭދަކޮށް ހުސްކޮށްލިގޮތް ހަނދާންކޮށްދެއްވާފައެވެ. އަދި އެމްޑީޕީ ސަރުކާރުން ސިޔާސީ ބޭނުމަށް ބަޖެޓުގައި ނުހިމެނޭ އެތައް ކަމަަކަށް ހޭދަކުރުމަށް ފަހު ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅި ކަމަށާއި، 19 ވަނަ މަޖްލީހުގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ލީޑަރު ނަޝީދުވެސް އެ ސަޕްލިމަންޓްރީ ބަޖެޓު ސިފަކުރެއްވީ އެމްޑީޕީގެ ވައްކަމުގެ ރަސީދެއް ގޮތުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވިދިވިދިގެން 4 އަހަރު 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކޮށް ޤައުމުގެ އިޤްތިޞާދު ވައްޓާލި ފުން އަނދަވަޅުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. މިއާއިއެކު ޝުޖާއު ވިދާޅުވީ އެހެންކަމުން ހުށަހެޅިފައިވާ ޤަރާރަކީ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ލައްވާ އެމްޑީޕީގެ ކުރީގެ ރައީސް އިބޫއަށް ބަވަން ޑރ. ޝަމްހީދު ހުށަހެޅުއްވި ގަރާރެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ދަޢުލަތުގެ ބަޖެޓުން އުސޫލާއި ޚިލާފަށް އެއްވެސް މިންވަރެއް ހޭދަކޮށްފައިނުވާނެ ކަމަށާއި، ބަޖެޓުގެ ބޭނުން ހިފަމުންދަނީ ރަނގަޅަށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި