Wednesday, 9 September 2026
Ads by

ވަތަނީ ޚިދުމަތުގެ ބިލު ކޮމިޓީއަށް!

ވަތަނީ ޚިދުމަތުގެ ބިލު ކޮމިޓީއަށް!

ވަތަނީ ހިދުމަަތުގެ ބައިވެރިންތަކެއް--- ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ”ވަތަނީ ޚިދުމަތުގެ ބިލު“ މަޖިލީހަށް ބަލައިގަނެ، ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ގާނޫނަކަށްވުމުން، އަސާސީ ތައުލީމާއި ތަމްރީނު ހިމެނޭހެން، ދައުލަތުގެ ޔުނިފޯމް އެޅި ހިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި ހިދުމަތެއްގައި މަސައްކަތްކުރުމުގެ ބައި ހިމެނޭ ހާއްސަ ޕްރޮގްރާމެއް ހިންގަންޖެހޭނެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކަށް ވާންޖެހޭނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ބޯލަނބާ، ދީނީ ޝިއާރުތަކަށް އިހުތިރާމްކުރާ، އަދި ގައުމީ ލޯތްބާއި ގައުމިއްޔަތަށް އިސްކަންދޭ ފަހުރުވެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް އޮންނާނެއެވެ. ނަމަވެސް، 18 އަހަރު ނުފުރޭ ކުދިން މި ޕްރޮގްރާމުގައި ބައިވެރިކުރެވޭނީ، އެ ކުއްޖެއްގެ އަމިއްލަ އިހުތިޔާރާއި ބެލެނިވެރިޔާގެ ހުއްދަ ލިބިގެންނެވެ. މީގެ އިތުރުން، ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަކީ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުގައިވާ މެޑިކަލް އެސެސްމަންޓްތަކުން ފާސްވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަސާސީ ތައުލީމާއި ތަމްރީނުގެ މުއްދަތުގައި ބޭނުންވާނެ ހުރުމާއި، ކެއުމާއި، ބޭސްފަރުވާގެ އިތުރުން ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސައިދޭންޖެހޭނީ ޑިފެންސް މިނިސްޓްރީންނެވެ. މީގެ އިތުރުން، މި މުއްދަތުގައި އެކަށީގެންވާ އިނާޔަތެއް އެ ފަރާތްތަކަށް ފޯރުކޮށްދޭންވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ އަސާސީ ތަމްރީނުތައް ފުރިހަމަ ކުރާ ޒުވާނުން، ޔުނިފޯމު އެޅި ހިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. އެއް އަހަރަށްވުރެ އިތުރުނުވާނެހެން، މި ހިދުމަތް އަދާކުރާނެ ވަކި ދާއިރާއެއް ކަނޑައަޅާނީ އެކަމަށްޓަކައި އެކުލަވައިލާ ”ގަވަރނިން ކައުންސިލް“ އިންނެވެ. އަދި ހިދުމަތުގެ މުއްދަތު ހަމަވުމުން، ޔުނިފޯމު އެޅި މުއައްސަސާތަކުން ދާއިމީ ވަޒީފާ ހޯދުމުގެ ފުރުސަތު އެ ޒުވާނުންނަށް މަގުފަހިކޮށްދެވޭނެއެވެ.

މި ބިލު ޤާނޫނަކަށްވުމުން އުފެދިގެންދާ ގަވަރނިން ކައުންސިލަކީ، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި، ފިނޭންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނޭހެން އެކުލަވައިލެވޭ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކައުންސިލްގެ ނައިބު ރައީސަކީ ޑިފެންސް މިނިސްޓަރު ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި